ޢިލްމު އުނގެނުމުގެ ވަކި އުމުރެއް ނެތްކަން ހާމަކޮށްދޭ ރީތި މިސާލެއް

އެމެރިކާގެ ޕައިކް ކައުންޓީ ހައި ސްކޫލްގައި މި އަހަރު ކިޔަވަން ފެށި 101 އަހަރުގެ ޖޯން މޯޓްސް ގްރެޖުއޭޓް ވެއްޖެ އެވެ. އެ ހައި ސްކޫލުގެ އެޑްމިނިސްޓްރޭޓަރ ހާމަ ކުރިގޮތުގައި ޖޯން އެ ސްކޫލާ ގުޅުމުން އެމީހުނ...

30 May 2017 | 09:50

އެމެރިކާގެ ޕައިކް ކައުންޓީ ހައި ސްކޫލްގައި މި އަހަރު ކިޔަވަން ފެށި 101 އަހަރުގެ ޖޯން މޯޓްސް ގްރެޖުއޭޓް ވެއްޖެ އެވެ.

އެ ހައި ސްކޫލުގެ އެޑްމިނިސްޓްރޭޓަރ ހާމަ ކުރިގޮތުގައި ޖޯން އެ ސްކޫލާ ގުޅުމުން އެމީހުން އަދި އޭނާގެ ކްލާހުގެ ދަރިވަރުން ތިބީ ވަރަށް އުފާވެފަ އެވެ. އަދި އޭނާ އަސްލު ސްކޫލް ނިންމާ ގްރެޖުއޭޓް ވާން ޖެހޭ އަހަރަކީ 1933 ކަމަށާއި އޭނާއަށް އޭރު ގްރެޖުއޭޓް ނުވެވުނީ އޭނާ އަށް ދިމާވި ސިއްޙީ މައްސަލައެއްގެ ސަބަބުން ކަމަށްވެސް އެ ސްކޫލުން ވަނީ ހާމަކޮށްފަ އެވެ.

އޭނާއަށް ނުކިޔެވުމުގެ ސަބަބުން އުމުރުން 18 އަހަރުގައި އޭނާ ގުޅުނީ އިންޖިނައަރެއްގެ ގޮތުގައި އެއަރފޯސް ގައި އެވެ. އެއީ ދުނިޔޭގެ ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރެވެ. ރިޓަޔަރ ވުމަށްފަހު އޭނާ މިހާރު ދިރިއުޅެމުން އަންނަނީ އޭނާގެ އަނބިމީހާ ބޭޓީ އާއި އެކުގަ އެވެ.

އޭނާގެ އަންހެނުން ބުނާގޮތުގައި އޭނާ އަކީ ވަރަށް މޮޅު މީހެކެވެ. އޭނާ އަށް ހަމަ އެކަނި ގްރެޖުއޭޓް ވުމުގެ ފުރުސަތު ނުލިބުނު ކަން އެކަނިއެވެ. އަދި މިހާރު އެއޮތީ އެކަންވެސް ފުރިހަމަ ވެފައި ކަމަށް ބެޓީ ވަނީ ބުނެފަ އެވެ.

އޭނާގެ އުމުރުގެ ސަބަބުން އެހެން ކުދިންނާއި އޭނާ ތަފާތު ކުރުމަށް ޖޯން ބޭނުމެއް ނުވިއެވެ. އެހެން ކަމުން ގްރެޖުއޭޝަނުގައި އޭނާގެ ނަން ގޮވީ އެހެން ކުދިންގެ ނަންތައްވެސް ގޮވާހެން އަލްފަބެޓިކް އޯޑަރުންނެވެ. ނަމަވެސް އޭނާގެ ނަން ގޮވުމުން އެ ރަސްމިއްޔާތައް އައިސް ތިބި އެންމެން އޭނާއަށް ސާބަސް ދިނުމުގެ ގޮތުން ކޮޅަށް ތެދުވި އެވެ.

ޖޯން ބުނާގޮތުގައި އަދި މިއީ އޭނާގެ ކިޔެވުމުގެ ފެށުމުގެ ބިންގަލެވެ. އަދި ކުރިއަށް އޮތްތާނގައި އޭނާ ބޭނުންވަނީ ސައުތް އަލްބާމާގެ ޔުނިވާރސިޓީއިން މިޔުޒިކުގެ ދާއިރާއިން ޑިގްރީއެއް ހާސިލް ކުރުމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް