ވީޑިއޯ ފައްޓާއިރު ފެންނަނީ މީހަކު ބޮމެއް ތައްޔާރު ކުރާ މަންޒަރެވެ. މިއުޒިކަށްފަހު ކުޑަ ކުއްޖަކު ބުނެ އެވެ. "މާތް ﷲ އަރިހުގައި އަހުރެން ހުރިހާ ވާހަކައެއް ކިޔައިދޭނަމެވެ، އަހަރެމެން ކިޔަވާ ސްކޫލުތަކުގެ ޑެސްކްތައް ހުސްކޮށް ސަހަރާތަށް ކުޑަކުދީންތަކުން ފުރާލި ވާހަކަ އެވެ".
https://www.youtube.com/watch?v=U49nOBFv508
މިއީ މި ރަމަޟާން މަހަށް ގަތަރުގެ ޓެލެކޮމިއުނިކޭޝަން ކުންފުނި "ޒައިން" އިން އާއްމުކޮށްފައިވާ ވީޑިއޯ އެކެވެ. ވީޑިއޯއިން ދެނީ ވަރުގަދަ މެސެޖެކެވެ. މާތް ﷲ އަށް އަޅުކަން ކުރާންވީ ލޯތްބާއި އެކުގައި ކަމެވެ. ލޭ އޮހޮރުވުމާއި އެކުގައި ނޫން ކަމެވެ.
މި ވީޑިއޯ ޔޫޓިއުބްގައި މިހާތަނަށް ދެ މިލިޔަނަށްވުރެ ގިނަ ފަހަރު ބަލާފައިވާއިރު ފޭސްބުކްގައި އެތައް ލައްކަ ފަހަރަކު ޝެއަރ ކޮށްފައި ވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް