އޭސް ހާރޑްވެއާރ "މޭކް އޯވާރ ވިތް އޭސް ފޮޓޯ ކޮންޓެސްޓް" ޕްރޮމޯޝަންގެ އިނާމު ދިނުމުގެ ހަފްލާ ބާއްވައިފި

އޭސް ހާރޑްވެއާރގެ ފަރާތުން ރޯދަމަހަށް ޙާއްސަކޮށް ބޭއްވި މޭކް އޯވާރ ވިތް އޭސް ފޮޓޯ ކޮންޓެސްޓް ކާމިޔާބުކުރި ފަރާތަށް އިނާމު ދިނުމުގެ ޙަފްލާ ބާއްވައިފިއެވެ. މި ޙަފްލާގައި ކޮންޓެސްޓް ކާމިޔާބު ކުރެއްވި ފަރ...

30 May 2017 | 08:00

އޭސް ހާރޑްވެއާރގެ ފަރާތުން ރޯދަމަހަށް ޙާއްސަކޮށް ބޭއްވި މޭކް އޯވާރ ވިތް އޭސް ފޮޓޯ ކޮންޓެސްޓް ކާމިޔާބުކުރި ފަރާތަށް އިނާމު ދިނުމުގެ ޙަފްލާ ބާއްވައިފިއެވެ.

މި ޙަފްލާގައި ކޮންޓެސްޓް ކާމިޔާބު ކުރެއްވި ފަރާތައް އިނާމް ހަވާލު ކުރެއްވީ އޭސް ހާރޑްވެއާރގެ ޖެނެރަލް މެނޭޖަރ ޓްރޭޑް، މުހައްމަދް ހާނީ އެވެ. މި ޕްރޮމޯޝަން ކުރިއަށް ގެންދިޔައީ އޭޕްރިލް މަހުގެ 22 ވަނަ ދުވަހުން ފެށިގެން މޭ މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށެވެ. މި ޕްރޮމޯޝަންގައި ބައިވުމުގެ ގޮތުން ކަސްޓަމަރުން ޖެހުނީ އޭސް ހާރޑްވެއާއިން ވިޔަފާރިއެއް ކުރުމަށްފަހު ބައްލަވައިގެންނެވި ޕްރޮޑަކްޓް ބޭނުން ކުރެއްވުމުގެ ކުރިން އެތަނެއްގެ "ބިފޯ" ފޮޓޯއެއް ނަންގަވާފައި، ދެން އެ ޕްރޮޑަކްޓް ބޭނުންކުރައްވާ ތަނުގައި ބަހައްޓާފައި ރީތި ގޮތަކައް އަތުރާލުމަށްފަހު "ޢާފްޓާރ" ފޮޓޯއެއް ނަންގަވާފައި މި ފޮޓޯ އޭސް ހާރޑްވެއާރގެ ފޭސް ބުކް ޕޭޖްގައި ޕޯސްޓު ކުރައްވާށެވެ.

އޭސް ހާޑްވެއަރ އިން ހާމަކުރާގޮތުގައި މި ޕްރޮމޯޝަންގެ މުއްދަތު ތެރޭގައި ވަރަށް ގިނަ ބޭފުޅުން ޕްރޮމޯޝަންގައި ބައިވެރިވެ، ފޭސް ބުކް ގައި ޕޯސްޓް ކުރެއްވި ފޮޓޯއަށް ލައިކްސް ހޯދަން މަސައްކަތް ކުރިއެވެ. މި ގޮތުން އެންވެ ގިނަ ލައިކްސް ހޯދައިގެން އިނާމޮ ލިބުން ފަރާތަކީ ނަވާޒް ޒާހިރް އެވެ. މި ނަސީބުވެރި ފަރާތަށް ލިބިފައިވަނީ އެމެރިކާގެ ނަންބަރ 1 އެޕްލަޔަންސް ބްރޭންޑް ކަމަށްވާ "ހެމިލްޓަން ބީޗް" ގެ ވަރަށް އަގުހުރު މުދާތަކެއް އެކުލެވޭ ވަރަށް ފުރިހަމަ ޕެކޭޖެކެވެ. މި ޕެކޭޖްގައި ހިމެނުން ތަކެއްޗަކީ ސްޓެއިންލެސް ސްޓީލް އަވަން އަކާއި މަލްޓިޕާރޕަސް ބްލެންޑާރ އަކާއި ޕަނީނީ މޭކާރ އަކާއި އަދި މީގެ އިތުރުން ހަމަ ހެމިލްޓަން ބީޗް ބްރޭންޑްގެ ޓޯސްޓަރެކެވެ.

މޭކް އޯވާރ ވިތް އޭސް ފޮޓޯ ކޮންޓެސްޓަކީ އޭސް ހާރޑްވެއާރ އިން ރޯދަމަހަށް ޙާއްސަކޮށް ސޯޝަލް މީޑިއާގައި ކުރިއަށް ގެންދިޔަ ޕްރޮމޯޝަންތަކުގެ ތެރެއިން އެއް ޕްރޮމޯޝަންއެވެ. މި ޕްރޮމޯޝަން އަށް ލިބުނު ކާމިޔާބީ އާއި އެކު އޭސް ހާޑްވެއަރގެ އުންމީދަކީ ހަމަ މިފަދަ އަގުހުރި އިނާމުތަކާއި އެކު ކުރިއަށް އޮތް މުސްތަގްބަލްގައިވެސް ޕްރޮމޯޝަންތައް ހިންގުން ކަމުގައި އޭސް ހާޑްވެއަރ އިން ހާމަކުރެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް