ރޯދަ ދޫކޮށްލި ތިން މީހަކު ހައްޔަރު ކޮށްފި

މިއަހަރުގެ ރޯދަ މަހުގެ ފުރަތަމަ ދެ ދުވަހު އުޒުރެއް ނެތި ރޯދަ ދޫކޮށްލި ތިން މީހަކު ހައްޔަރު ކޮށްފި އެވެ. ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ ރޯދަ ނުހިފައިގެން ހައްޔަރު ކުރެވުނު ތިން މީހުންނަކީ ފުލުހުން...

30 May 2017 | 07:37

މިއަހަރުގެ ރޯދަ މަހުގެ ފުރަތަމަ ދެ ދުވަހު އުޒުރެއް ނެތި ރޯދަ ދޫކޮށްލި ތިން މީހަކު ހައްޔަރު ކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ ރޯދަ ނުހިފައިގެން ހައްޔަރު ކުރެވުނު ތިން މީހުންނަކީ ފުލުހުންނަށް ވަކި ވަކިން ހުށަހެޅުނު ތިން މައްސަލައިގަ ހައްޔަރު  ކޮށްފައިވާ މީހުން ކަމަށެވެ. އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެ އެވެ.

ފުލުހުން ބުނީ ރޯދަ މަހު އެއްވެސް އުޒުރެއް ނެތި ރޯދަ ނުހިފާ ދުވާލު ގަޑީގައި ކައި ބޮއި ހަދާނަމަ ފުލުހުންނަށް މައްސަލަ ހުށަހެޅުމަށް އެދޭކަމަށެވެ. އަދި އެފަރާތްތަކުގެ މައްސަލަ ބަލައި ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށެވެ.

ގާނޫނު އުގޫބާތުގެ 616 ވަނަ މާއްދާގެ ހ. ގެ ދަށުން އެއީ ކުށެކެވެ.  އެ ގާނޫނުގެ ދަށުން އުޒުރެއް ނެތި ރޯދަ ދޫކޮށްލިކަން ސާބިތުވެއްޖެ ނަމަ އަދަބެއްގެ ގޮތުގައި ގިނަވެގެން ހަ މަސްދުވަހަށް ޖަލަށްލެވެ އެވެ. ނުވަތަ ޖޫރިމަނާވެސް ކުރެވެ އެވެ.

ގަސްދުގައި ރޯދަ ދޫކޮށްލުމަކީ ނުވަތަ ރޯދަ ނުހިފުމަކީ ބޮޑުވެގެންވާ ފާފަ އެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް