ރޯދަމަހަކީ ދުވާލުގަނޑީގައި ކެއުމާއި ބުއިމުން ދުރުވެގެން ތިބެންޖެހޭ މަހެއް ކަމުން މި މަހުގައި ކަރުހިއްކުމުން ސަލާމަތް ވުމަށް ރަނގަޅު ކާނާ އާއި ބުއިން ބޭނުން ކުރަން ޖެހެ އެވެ. އަދި މި އުކުޅުތައް ބޭނުން ކުރުމުން މުޅި ދުވަހު ރޯދައަށް ހުންނައިރު ހަކަތަ އިތުރުކޮށްދެ އެވެ.
ފެނަކީ އިންސާނާގެ ހަށިގަނޑު މަސައްކަތް ކުރުމަށް މުހިއްމު މާއްދާއެކެވެ. އެހެންކަމުން ހަށިގަނޑަށް ބޭނުން ވާވަރަށް ފެން ނުލިބުމުގެ ސަބަބުން ބައެއް މީހުންނަށް ބޮލުގައި ރިއްސުމާއި، ވަރުބަލިވުން ފަދަ ކަންތައްތަކާ ކުރިމަތިވެ އެވެ.
ތިރީގައި މިވަނީ ރޯދަމަހުގައި ކަރުހިއްކުމުން ސަލާމަތް ވެވޭނެ ބައެއް އުކުޅުތަކެވެ.
1- ކެފެއިން އާއި ދުރުވޭ:-
ކޮފީ ނުވަތަ ސައިތައްޓެއް ނުބޮއެ ތިބުމަކީ ވަރަށް އުދަނގޫ ކަމެކެވެ. ރައްޓެއްސަކާ އެކު ބޭރަށް ދިޔަ ކަމުގެއިވިޔަސް ގޭގައި ޓީވީ ބަލަން އިން ކަމުގައިވިޔަސް ކޮފީ އެއް ނެތިއްޔާ ފުރިހަމައެއް ނުވާނެ އެވެ. އެހެންނަމަވެސް މި ރޯދަމަހު ކަރުހިއްކުމުން ސަލާމަތް ވުމަށް މި އާދައިން ދުރުވާން އެބަ ޖެހެއެވެ. ކެފެއިންއަކީ އޭގެެ ސަބަބުން މީހާ ގިނަގިނައިން ކުޑަކަމުދާންޖެހޭ އެއްޗެކެވެ. އޭގެ ސަބަބުން ހަށިގަނޑުން ގިނަ އަދަދަކަށް ލޮނު އަދި ފެން ބޭރުވެދެ އެވެ.
2- ގިނައިން މޭވާއާއި ތަރުކާރީ ބޭނުންކުރުން:-
މޭވާ އާއި ތަރުކާރީ އަކީ ހަމައެކަނި ހަށިގަނޑަށް ފައިދާ ހުރި އެއްޗެއް ނޫނެވެ. އޭގެ އިތުރުން މި ދެބާވަތަކީ ކަރުހިއްކުމަށް ވަރަށް ރަނގަޅ ހައްލެކެވެ. ގިނަ މޭވާ އާއި ތަރުކާރީގައި ފެނުގެ ބައި ގިނަ ވުމުގެ ސަބަބުން އިންސާނާގެ ހަށިގަނޑަށް ފެން ލިބި ތާޒާކަން ގެނެސްދެ އެވެ.
މި ރޯދަމަހުގައި ކެއުން ރަނގަޅު ބައެއް މޭވާ އާއި ތަރުކާރީގެ ތެރޭގައި ކަރާ، ކިޔުކަމްބާ، ސެލެރީ، ޓޮމާޓޯ އަދި ސްޓާފްރުޓް ހިމެނެ އެވެ.
ތަރުކާރީ އާއި މޭވާ އެ ހުރިގޮތަށް ކާހިތް ނުވާނަމަ ސެލެޑަކަށް ހަދައިގެން އެހެން ކާއެއްޗާ އެކުވެސް ކެވޭނެ އެވެ.
3- ދިޔާ ތަކެތި ބޯއިރު މަދުމަދުން ބޭނުން ކުރުން:-
އެއްފަހަރާ ފެން ބުއިމުން އެފެން އަވަހަށް ހަށިގަނޑުން ބޭރުވާނެ އެވެ. އެހެން ކަމުން މުޅިދުވަހު އެއްޗެއް ނުބޮއެ ހުންނައިރު ފެން މަދުމަދުން ބޭނުން ކުރުމަކީ އެންމެ ރަނގަޅު ގޮތެވެ.
އެންމެ ރަނގަޅުގޮތަކީ ރޯދަވީއްލުމަށްފަހު އަބަދުވެސް ކުޑަ ފެންފުޅިއެއް ގެންގުޅުމެވެ. އެއިން މަދު މަދުން ފެން ބުއިމުން އެ ހަށިގަނޑުގައި ހަރުލައި ރޯދައަށް ހުންނައިރު ކަރުހިއްކުމުން ސަލާމަތް ކޮށްދެ އެވެ.
4- ކުޅިކޮށް ނުކެއުން :-
ކުޅި ކާތަކެތި ކެއުމުގެ ސަބަބުން ހަށިގަނޑަށް ފެން ބޭނުންވާ ވަރު އިތުރކޮށްދެ އެވެ. އަޅުގަނޑުމެންގެ ތެރޭގައި ގިނައީ ރޭގަނޑު ގަޑީގައި ރިހަ ކާ މީހުންނެވެ. އެހެންކަމުން އެ ކައްކާ ރިހައިގައި ކުޅި މަޑުކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ.
5- އަތްވަށް ނިކުތުން މަދުކުރުން:-
އަތްވަށް ނުނިކުމެ އުޅުމަކީ މިޒަމާނު ވާނޭ ކަމެއް ނޫނެވެ. އެހެންނަމަވެސް ވީ ވަރަކުން އަތްވަށް ނުނިކުމެ އުޅެވޭ ތޯ ބެލުމަކީ ވަރަށް މުހިއްމު ކަމެކެވެ.
ހޫނު ވުމުން ދާހިއްލައި ފެންބޮވާނެ އެވެ. އެހން ކަމުން ބޭރަށް ދާއިރު އަވި އައިނު ބޭނުން ކުރުމާއި ކުޑަ ފަދަ އެއްޗެއް ބޭނުން ކުރުމަކީ ކަރުހިއްކުމުން ސަލާމަތް ވުމަށް އެޅޭނެ ވަރަށް ބޮޑު ފިޔަވަޅެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް