ދުވަހުގެ ރެސްޓޯރެންޓްގެ ސެގްމެންޓްގައި މިއަދު ކިޔުންތެރިންނާއި ހަމައަށް މި ގެނެސްދެނީ ބްލޫ ބޭ ރެސްޓޯރެންޓުން މި ރަމަޟާން މަހު ކުރިއަށްގެންދާ ރޯދަވީއްލުމާއި ބެހޭ މައުލޫމާތެވެ.
އާޓިފިޝަލް ބީޗް ސަރަހައްދުގައި ހުންނަ މި ރެސްޓޯރެންޓްގެ ރޯދަމެނޫއަށް ބަލާލާއިރު ހުކުރު ދުވަހު ރޯދަވީއްލުމުގެ އަގު ފެށެނީ 220 ރުފިޔާއިންނެވެ. ހުކުރު ދުވަސް ނޫން ދުވަސް ދުވަހު ރޯދަވީއްލުމުގެ އަގު ފެށެނީ 199 ރުފިޔާއިންނެވެ.
މެނޫއަށް ބަލާލާއިރު ހުކުރު ދުވަހަށް ހާއްސަ ސެޓްމެނޫއެއް އަދި އާދީއްތަ އަންގާރަ ބުރާސްފަތި ދުވަހަށް ތަފާތު ސެޓް މެނޫއެއް އަދި ހޮނިހިރު ހޯމަ ބުދަ ދުވަހަށްވެސް ތަފާތު ސެޓްމެނޫއެއް ހިމަނާފައި ވެ އެވެ. ކޮންމެ 11 މީހަކުން އެކަކަށް ރޯދަވީއްލުން ހިލޭ ލިބިގެންދާނެ އެވެ.
ބްލޫ ބޭ ރެސްޓޯރެންޓުން ރޯދަވީއްލުން ބޭނުންފުޅުނަމަ އެދުވަހެއްގެ މެންދުރު 2:00 ގެކުރިން އޯޑަރ ބުކް ކުރައްވަން ވާނެ އެވެ. ގުޅޭނެ ނަމްބަރަކީ 3317999 އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް