ޝާރުކްގެ ދަރި ސުހާނާ ފިލްމު ކުޅެން ފަށައިފި ނަމަ ވާނީ ސީރިއަސް ތަރިއަކަށް!

ބޮލީވުޑްގެ ކިންގް ހާން ޝާރުކް ހާން ގެ އަންހެން ދަރިފުޅު ސުހާނާ ހާން ބޮލީވުޑަށް ތައާރަފުވެއްޖެ ނަމަ ވާނީ ވަރަށް ސީރިއަސް ތަރިއަކަކަށް ކަމަށް ބޮލީވުޑްގެ ތަޖުރިބާ ކާރު ތަރިއެއް ކަމަށްވާ ޝަބާނާ އަޒްމީ ބުނ...

30 May 2017 | 04:36

ބޮލީވުޑްގެ ކިންގް ހާން ޝާރުކް ހާން ގެ އަންހެން ދަރިފުޅު ސުހާނާ ހާން ބޮލީވުޑަށް ތައާރަފުވެއްޖެ ނަމަ ވާނީ ވަރަށް ސީރިއަސް ތަރިއަކަކަށް ކަމަށް ބޮލީވުޑްގެ ތަޖުރިބާ ކާރު ތަރިއެއް ކަމަށްވާ ޝަބާނާ އަޒްމީ ބުނެފި އެވެ.

ޝަބާނާ ކުރި ޓުވީޓެއްގައި ބުނެފައިވަނީ ޝާރުކް ހާންގެ ދަރިފުޅު ސުހާނާ ވާނީ ބޮލީވުޑްގައި މަސައްކަތް ކުރަން ފެށުމުން ވަރަށް ސީރިއަސް ރަނގަޅު ތަރިއަކަށް ކަމަށެވެ. ޝަބާނާ މިހެން ބުނެފައިވަނީ ސުހާނާ ސްކޫލްގައި ކުޅެފައިވާ ޑްރާމާ ތަކެއްގެ ވީޑިއޯ ތަކެއް ބެލުމަށް ފަހު އެވެ.

އުމުރުން 17 އަހަރުގެ ސުހާނާ ސްކޫލްގައި އޮތް ޑްރާމާ މުބާރާތެއްގައި އެކްޓު ކުރާ ގިނަ ވީޑިއޯ ކްލިޕް ތަކެއް ވަނީ އާންމުވެފައި އެވެ. އެ ވީޑިއޯތަކުން ފެންނަ ގޮތުގައި އޭނާ ވަނީ ސިންދްރެއްލާ ފަދަ ރޯލުތައް ކުޅެފައި އެވެ.

ސުހާނާ ތައުލީމު ހާސިލް ކުރަމުން ދަނީ މުމްބާއީގެ ދިރުބާއި އަންބާނި އިންޓަނޭޝަނަލް ސްކޫލްގައި އެވެ.

ޝަބާނާގެ މި ޓުވީޓަށް ޖަވާބު ދެމުން ޝާރުކް ވަނީ ޝަބާނާމެން ފަދަ ތަރިން އެގޮތަށް ދެކޭނަމަ އެއީ ސުހާނާ އަށް ލިބޭނެ ވަރަށް ބޮޑު ހިތްވަރަކަށް ވެގެންދާނެ ކަމަށް ބުނެފައި އެވެ. އަދި ޝާރުކް ވަނީ ޝުކުރު އަދާކޮށްފައި އެވެ.

ސުހާނާ ފިލްމު ކުޅެން ޝައުގުވެރިކަން ހުންނަ ކަމަށް މީގެ ކުރިން ޝާރުކް ވަނީ ބުނެފައި އެވެ. އަދި އޭނާއަށްވުރެ 10 ގުނަ ބުރަކޮށް ބޮލީވުޑްގައި މަސައްކަތް ކުރެވޭނެ ކަމުގެ ޔަގީންކަން ސުހާނާއަށް އޮތް ނަމަ ފިލްމީ ދާއިރާއަށް ނިކުތުމުގައި މައްސަލައެއް ނެތް ކަމަށް ޝާރުކް ވަނީ ބުނެފައި އެވެ.

މީގެ އިތުރުން ޝާރުކް ބުނެފައިވަނީ ސުހާނާ ކިޔަވާ ނިންމުމަށް ފަހު އެކްޓިންގެ ދާއިރާއިން ތައުލީމު ހާސިލް ކުރުމަށް ރަނގަޅު ޔުނިވާސިޓީއެއް އިންޑިއާގައި ނެތް ކަމަށެވެ. ޝާރުކް ހާންގެ ދޮށީ ދަރިފުޅު އާރްޔަން ހާން ގެންދަނީ ޔުނިވާސިޓީ އޮފް ސަދާން ކެލިފޯނިއާގައި ފިލްމުގެ ދާއިރާއިން ކިޔަވަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް