އާންމު ދިރިއުޅުމުގައި ކޮންމެ މީހަކުވެސް ކާން ބޭނުން ނޫނަސް އަބަދުވެސް ފޮނި އެއްޗެހި ކާހިތްވާނެ އެވެ.
ގިނަ މީހުން ފޮނި އެއްޗެހި ކެއުން ދޫކޮށްލަށް ބުރަ މަސައްކަތްތަކެއް ކުރެ އެވެ. އެއީ އާދަޔާ ހިލާފަށް ފަލަވެ ހަކުރު ބައްޔަށް މަގު ފަހިވާތީ އެވެ. ތަޖުރިބާކާރުން ބުނާގޮތުގައި މާ ގިނައިން ފޮނި އެއްޗެހި ކާނަމަ މީހާ ފަލަވުން އަވަސްވެ ކުދި ބަލިޖެހުން އިތުރުވާނެ އެވެ.
އެކަމަކު ފަލަވަމުމާއި ހަކުރު ބައްޔަށްވުރެ ބޮޑު ސިއްހީ މައްސަލައެއް ގިނައިން ފޮނި އެއްޗެހި ކެއުމުން ދިމާވެދާނެ ކަމަށް އިތުރު ދިރާސާއަކުން ވަނީ ހޯދިފައި އެވެ. އެމެރެކާގެ ޔުނިވާސިޓީ އޮފް ޓެކްސަސް ގައި ކުރި ދިރާސާއެއްގައި ބުނެފައިވަނީ މާ ގިނައިން ފޮނި އެއްޗެހި ކާނަމަ ބައެއް ގުނަވަންތަކަށް ކެންސަރު ބަލި ޖެހުމަށް މަގުފަހި ވާނެ ކަމަށެވެ.
މާގިނައިން ހަށިގަނޑަށް ފޮނި ރަހަ ލިބޭނަމަ ކެންސަރު ޖެހޭ ސެލްތަކަށް އިތުރަށް ބާރު ލިބި ހަރަކާތްތެރިކަން އިތުރުވާ ކަމަށްވެ އެވެ. ފޮނި އެއްޗެހީގެ ސަބަބުން ކެންސަރު ޖެހުމުގެ ފުރުސަތު އެންމެ ބޮޑީ މެއާއި، ބޯ އަދި ކަރަށެވެ.
އެ ދިރާސާގައި ބުނެފައިވަނީ ކަރު، ބޯ އަދި މެއަށް ޖެހޭ ސްކުއާމަސް ސެލް ކާސިނޯމާ އަކީ ވަރަށް ބޮޑަށް ފޮނި ކަމަށް ބަރޯސާވެފައިވާ ކެންސަރުގެ ބާވަތެކެވެ. އަދި ގިނައިން ފޮނި އެއްޗެހި ކާނަމަ އެ ބާވަތުގެ ކެންސަރުގެ ސެލްތައް ހަރަކާތްތެރިވާލެއް އަވަސްވެ، އިންސާނާގެ ހަށިގަނޑަށް ނުރައްކާތެރިކަން އިތުރުވާލެއް އަވަސްވާނެ އެވެ.
މި ދިރާސާ ކުރި ފަރާތުން ވަނީ އާންމުކޮށް ފޮނި އެއްޗެހި ކެއުމުން ހަމައެކަނި ފަލަވާނީ ކަމަށް ގަބޫލު ކުރާ ކުރުން ދޫކޮށްލުމަށް އެދިފަ އެވެ. އަދި ފޮނި އެއްޗެހި ކެއުމަކީ އިތުރު އެހެން ބޮޑެތި ބަލިތަކަށް މަގުފަހިވާނެ ކަމެއް ކަމަށް ބުނެފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް