މި ވީޑިއޯއިން ދައްކުވައިދެނީ ކައުބަލުﷲ ގެފުޅު (މަސްޖިދުލް އަލް ޙަރަމް) އާއި، ގެފުޅުގެ ވަށައިގެންވާ ސަރަޙައްދު ސާފުކޮށް، މަރާމާތުކުރާ މަންޒަރުތަކެވެ. އަދި ގެފުޅު ބެލެހެއްޓުމަށް ކުރާ އެ މަސައްކަތްތައް ވަރަށް ތަފްޞީލްކޮށް މި ވީޑިއޯގައި ގެނެސްދީފައިވެ އެވެ.
ކޮންމެ އަހަރެއްގެ ހައްޖު މޫސުމާއި ދިމާކޮށް ސައުދީ ސަރުކާރުން ހަރަމް ފުޅު ސާފު ކުރެ އެވެ. ހައިރާންވާން ޖެހޭ ކަމަކީ އެއީއެއް ނޫނެވެ. އެ މަސައްކަތް ކުރާ މީހުން މަސައްކަތް ކުރުމުގައި ހުރި ޝައުގުވެރިކަމާއި، ކުރާ ހިތުން ކުރުމާއި، ތަނަށް ޖެހިފައި ހުރި ލޯތި ފެންނާތީ އެވެ.
ހަރަމްފުޅު ސާފު ކުރަނީ ޒަމްޒަމް ފެނާއި މީރުވަސްދުވާ އެއްޗެހި ބޭނުން ކޮށްގެންނެވެ. މި މަސައްކަތުގައި ހަރަކާތްތެރިވާ މީހުން އެކަން ކުރަނީ ހަރަމްފުޅު ތެރޭގައި ތޮވާފް ކުރާ މީހުންނަށް ތަންދީގެން ވަރަށް ބޮޑަށް ރާވާލައިގެންނެވެ.
https://www.youtube.com/watch?v=-_Db7ft0dd4&feature=youtu.be
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް