ރާއްޖޭގައި ޓެރަރިސްޓު ހަމަލާއެއް ދީފާނެ ކަމުގެ ބިރު އެބައޮތް: އިނގިރޭސިވިލާތް

ރާއްޖޭގައި ޓެރަރިސްޓު ހަމަލާއެއް ދީފާނެ ކަމުގެ ބިރު އެބައޮތް ކަމަށް އިނގިރޭސިވިލާތުން ބުނެފި އެވެ. އެގައުމުގެ ހާރިޖީ އިދާރާއިން ނެރުނު ޓްރެވަލް އެޑްވައިޒަރީގައި ބުނެފައިވަނީ ޓޫރިސްޓޫންނާއި ބިދޭސީން އެ...

30 May 2017 | 03:30

ރާއްޖޭގައި ޓެރަރިސްޓު ހަމަލާއެއް ދީފާނެ ކަމުގެ ބިރު އެބައޮތް ކަމަށް އިނގިރޭސިވިލާތުން ބުނެފި އެވެ.

އެގައުމުގެ ހާރިޖީ އިދާރާއިން ނެރުނު ޓްރެވަލް އެޑްވައިޒަރީގައި ބުނެފައިވަނީ ޓޫރިސްޓޫންނާއި ބިދޭސީން އެއްވާ ތަންތަނުގައި އެފަދަ ހަމަލާއެއް ރާއްޖޭގައި ދިނުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. ރާއްޖެއަށް ދަތުރު ކުރުމުގައި ސަމާލުވާންވީ އިތުރު ކަންކަމުގެ ތެރޭގައި ރާއްޖޭގައި ޒިކާ ވައިރަސް ފެތުރުމުގެ ފުރުސަތު އެބަ އޮތް ކަމަށް ބުނެފައިވެ އެވެ.

އެ އެޑްވައިޒަރީގައި ބުނެފައިވާގޮތުގައި ފަހަކަށް އައިސް އިނގިރޭސީންނަށް އަމާޒުކޮށްދޭ ޓެރަރިސްޓު ހަމަލާތަކުގެ ނުރައްކާ ބޮޑުވެފައިވާ ކަމަށެވެ. މިއީ، އިރާގާއި ސީރިއާގައި ހިނގަމުންދާ ހަމަނުޖެހުމުގެ ސަބަބުން ކުރިމަތިވެފައިވާ ބިރުވެރިކަމެއް ކަމަށާއި އެކަމަށް ސަމާލުވާން ވެސް އިނގިރޭސި ވިލާތުގެ ސަރުކާރުން އެދިފައިވެ އެވެ.

އިނގިރޭސިވިލާތުގެ އިތުރުން އޮސްޓްރޭލިއާ ސަރުކާރުން ވެސް ވަނީ ރާއްޖޭގައި ޓެރަރިޒަމްގެ ނުރައްކާ ބޮޑު ކަމަށް ބުނެ އެ ގައުމުގެ ރައްޔިތުން ސަމާލުވާން އެދިފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް