ވިޔަފާޜިތަކުގެ ކަރަންޓަށް ގެނައި ބަދަލާއި ގުޅިގެން މައްސަލަ ހައްލުވަންދެން އައްޑޫ ސިޓީގެ ވިޔަފާރިކުރާ ތަންތަން ރޭ ގަނޑުގެ ވަގުތުތަކުގައި ބަންދުކޮށްފައި ބަހައްޓަން ފާސްކޮށްފި އެވެ.
އެގޮތަށް ފާސްކޮށްފައިވަނީ އައްޑޫ ސިޓީގެ ސަރަފުއްދީން ސްކޫލްގައި ރޭ ސިޓީ ކައުންސިލުން އިސްނަގައިގެން ވިޔަފާރިވެރިންނާ އެކު ބޭއްވި ބައްދަލުވުމެއްގަ އެވެ. ހުޅުމީދޫގެ ވިޔަފާރިވެރިން ފިޔަވައި 145 ވިޔަފާރިވެރިއަކު ބައިވެރިވި އެ ބައްދަލުވުމުގައި ނެގި ވޯޓުން ނުވަ ފަރާތެއް ފިޔަވާ އެހެން ހުރިހާ ވިޔަފާރިވެރިން ވޯޓްދިނީ ރޭގަނޑު ވިޔަފާރިތައް ބަންދުކޮށްފައި ބެހެއްޓުމަށެވެ.
ވިއްކާ މުދަލުގެ ތެރެއިން ފިނިކުރި އެއްޗެހީގެ އަގު 30 އިންސައްތައަށް އަދި އެހެނިހެން މުދަލުން ފަހެއް އިންސައްތަ އަގު ބޮޑުކުރުމަށް ވަނީ ނިންމާފަ އެވެ.
ވިޔަފާރިތަކުގެ ތެރެއިން ފިހާރަތައް ހެނދުނު 6:00 އިން އިރުއޮއްސި 6:00 އަށް އަދި ކެފޭ، ރެސްޓޯރެންޓް ފަދަ ތަންތަން ހެނދުނު 6:00 އިން ރޭގަނޑު 11:00 އަށް އަދި ވޯކްޝޮޕް ގަރާޖްފަދަ ތަންތަން ހެނދުނު 6:00 އިން އިރުއޮއްސި 6:00 އާ ދެމެދުގެ ގަނޑިތަކުގައި ނޫނީ ނުހުޅުވާ ގޮތަށް ވަނީ ފާސްކޮށްފަ އެވެ.
އައްޑޫ ސިޓީ ކައުންސިލުން ބުނީ ވިޔަފާރިވެރިންގެ އެ ނިންމުން ކައުންސިލުން ތަންފީޒު ކުރާނެކަމަށެވެ. ނަމަވެސް އެކަން ތަންފީޒު ކުރާނީ ހުޅުމީދޫ ވިޔަފާރިވެރިްނގެ މެދުގައިވެސް ވޯޓެއް ނެގުމަށް ފަހު ކަމަށް ކައުންސިލުން މައުލޫމާތުދެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް