ރޯދަމަހަށް ހާއްސަކޮށްގެން ހުޅުމާލޭގައި ވަގުތީ މިސްކިތެތް އަޅަނީ

ރޯދަ މަހަށް ހާއްސަކޮށްގެން ހުޅުމާލޭގައި ވަގުތީ މިސްކިތެތް އެޅުމުގެ މަސައްކަތް ފަށައިފި އެވެ. ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ން ބުނީ އެ މިސްކިތް އަޅަން ނިންމާފައިވަނީ އެންމެ ފަހުން މީހު...

30 May 2015 | 09:55

ރޯދަ މަހަށް ހާއްސަކޮށްގެން ހުޅުމާލޭގައި ވަގުތީ މިސްކިތެތް އެޅުމުގެ މަސައްކަތް ފަށައިފި އެވެ.

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ން ބުނީ އެ މިސްކިތް އަޅަން ނިންމާފައިވަނީ އެންމެ ފަހުން މީހުން އާބާދު ކުރި ނެއިބަ ހުޑް ދޭއް (ޗައިނާ ޓައުންގައި) ކަމަށެވެ.

ހުޅުމާލޭ މިސްކިތްތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ހައްލު ހޯދައި ދިނުމަށް އަޅާ އެ މިސްކިތް އެޅުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭ ނެއިބަ ހުޑް ދޭއްގެ، ދެ ވަނަ ބަސް ސްޓޮޕް ކުރިމަތި، ރެހެންދި ސުކޫލާއި ޖެހިގެން އޮންނަ ހުސް ބިމުގަ އެވެ. މިސްކިތް އެޅުމުގެ މަސައްކަތް ބުރާސްފަތި ދުވަހު ފަށާފައިވާއިރު މިސްކިތް ހެދުމަށް ހަމަޖެހިފައިވަނީ ދަގަނޑު ހޮޅި ބޭނުން ކޮށްގެން، ޓިނުން ހިޔާ ކުރާ ގޮތަށެވެ.

800 މީހުންގެ ޖާގައިގެ އެ މިސްކިތުގެ މަސައްކަތް ނިމޭއިރު އިސްކުރު ބަރިއަކާއި ފާހާނާ ބަރިއެއް ހުންނާނެކަމަށް އެޗްޑީސީން ބުނެ އެވެ.

ހުޅުމާލޭގައި މިހާރުވެސް ހަތަރު މިސްކިތް ހުންނަ އިރު ހުކުރު ނަމާދު ކުރާއިރު މިސްކިތްތައް ފުރޭތީ، ނަމާދު ކުރަމުންދަނީ މަގު މަތީގައެވެ.

އެޗްޑީސީއިން ބުނާގޮތުގައި ހުޅުމާލޭގައި 35000 އަށްވުރެ ގިނަ މީހުން ދިރިއުޅެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް