ދުވަހުގެ މޫސުން: މެޓުން މިއަދު އިލްތިމާސްކުރަނީ ސަމާލުވުމަށް

ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކޮށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް، ހުރިހާ ފަރާތްތަކުން ވެސް މޫސުމަށް ސަމާލުވުމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް (މެޓް) އިން އެދިއްޖެއެވެ. މެޓުން...

30 Apr 2026 | 00:33
މާލޭގައި ފެންބޮޑުވި ދުވަހެއް - ފައިލް ފޮޓޯ: ދުވަސް

މާލޭގައި ފެންބޮޑުވި ދުވަހެއް - ފައިލް ފޮޓޯ: ދުވަސް

ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކޮށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް، ހުރިހާ ފަރާތްތަކުން ވެސް މޫސުމަށް ސަމާލުވުމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް (މެޓް) އިން އެދިއްޖެއެވެ.

މެޓުން މިއަދު ނެރުނު މޫސުމާ ބެހޭ މަޢުލޫމާތުގައި ބުނެފައިވާ ގޮތުގައި ހުޅަނގުދެކުނާއި ހުޅަނގުން ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެއެވެ. އެހެން ހިސާބުތަކަށް ގަޑިއަކު ފަސް މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެއެވެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށް ވެސް މެޓުން ބުނެފައިވެއެވެ.

ދެކުނުގެ އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށާއި، އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް މެޓުން ލަފާކޮށްފައިވެއެވެ. ދެކުނުގެ ރާޅުގެ އުސްމިން ތިނެއް އާއި ހައެއް ފޫޓާ ދެމެދުގައި ހުންނާނެ ކަމަށް ލަފާކުރާ އިރު، މެދުތެރެއާއި އުތުރަށް ދޭއް އާއި ފަހެއް ފޫޓާ ދެމެދުގައި ހުންނާނެ ކަމަށް ވެސް ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް