2024 ވަނަ އަހަރުގެ އޯގަސްޓްގައި މާލެއަށް ބޯކޮށް ވާރޭވެހުނު ދުވަހެއްގެ މަންޒަރެއް - ފައިލް ފޮޓޯ: ދުވަސް
މި އަހަރުގެ ޖޫން މަހުން ފެށިގެން ސެޕްޓެމްބަރު މަހުގެ ނިޔަލަށް ރާއްޖޭގެ ގިނަ ސަރަހައްދުތަކަށް ވާރޭ ވެހޭ މިންވަރު، އާންމުކޮށް މި ދުވަސްވަރު ވެހޭ ވަރަށް ވުރެ އިތުރުވާނެ ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް (މެޓް) އިން ލަފާކޮށްފިއެވެ.
މެޓުން ނެރުނު މޫސުމީ ފޯކާސްޓުގައި ބުނެފައިވާ ގޮތުގައި ވާރެއާ އެކު ހުރިހާ ސަރަހައްދެއްގައި ވެސް ފިނިހޫނުމިން އާންމުކޮށް ހުންނަ ވަރަށް ވުރެ މައްޗަށް ދާނެ ކަމަށް ބެލެވެއެވެ.
މި ފޯކާސްޓަކީ އޭޕްރީލް މަހު ހުރި މޫސުމީ ހާލަތަށާއި މޫސުމަށް ބަދަލު އައުމަށް މެދުވެރިވާ ސަބަބުތަކަށް ރިޢާޔަތްކޮށް ތައްޔާރުކޮށްފައިވާ ފޯކާސްޓެކެވެ. މެޓުން ބުނީ މިއީ ޖުމްލަކޮށް ކުރިއަށް އޮތް ހަތަރު މަހު ވާރޭ ވެހޭނެ ގޮތާއި ފިނިހޫނުމިން ހުންނާނެ ކަމަށް ބެލެވޭ ގޮތް ކަމަށާއި، މަހުން މަހަށް އަންނަ ބަދަލުތައް ވަކި މަހަކަށް ލަފާކުރެވޭ މޫސުމާ އެކު އަދާހަމަކުރެވިގެންދާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް