ދުވަހުގެ މޫސުން: މެޓުން ބުނަނީ މިއަދުވެސް ވިއްސާރަވެ ވައި ގަދަވެ ކަނޑުތައްވެސް ގަދަވާނެ ކަމަށް

ދުވަހުގެ މޫސުމަށް ބަލައިލާއިރު މިއަދުވެސް ވިއްސާރަވެ ވައި ގަދަވެ ކަނޑުތައްވެސް ގަދަވާނެކަމުގައި މެޓުން ބުނެފިއެވެ. މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން މިހެން ބުނެފައިވަނީ މިއަދުގެ އިރު އޮއް...

21 Dec 2025 | 05:15
މާލެ ސަރަހައްދަށް މޫސުން ގޯސްވި ދުވަހެއްގެ މަންޒަރެއް - ފައިލް ފޮޓޯ: ދުވަސް

މާލެ ސަރަހައްދަށް މޫސުން ގޯސްވި ދުވަހެއްގެ މަންޒަރެއް - ފައިލް ފޮޓޯ: ދުވަސް

ދުވަހުގެ މޫސުމަށް ބަލައިލާއިރު މިއަދުވެސް

ވިއްސާރަވެ ވައި ގަދަވެ ކަނޑުތައްވެސް ގަދަވާނެކަމުގައި މެޓުން ބުނެފިއެވެ.

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން

މިހެން ބުނެފައިވަނީ މިއަދުގެ އިރު އޮއްސުމާއި ހަމައަށް ލަފާކޮށް ނެރެފައިވާ މޫސުމީ

ބުލެޓިންގައެވެ.

މޫސުމީ އެ ބުލެޓިންގައި ބުނެފައިވާގޮތުގައި މިއަދު

ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެއެވެ. މެދުރާއްޖޭގެ ބައެއް

ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވެއެވެ.

"ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40

މޭލަށް ވައިގަދަވުން އެކަށީގެންވޭ" މެޓުން ބުނެފައިވެއެވެ.

މިއަދު ކަނޑުތަކަށް ބަލައިލާއިރު މެދުރާއްޖެއާއި

ދެކުނުގެ ކަނޑުތައް ގަދަވާނެ ކަމަށާއި އަދި އުތުރުގެ ކަނޑުތައް އާދައިގެވަރަކަށް

ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށްވެސް މެޓުން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް