މާލެއަށް ބޯކޮށް ވާރޭވެހުނު ދުވަހެއް - ފައިލް ފޮޓޯ: ދުވަސް
މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މެޓުން ހުދު އަދި
ރީނދޫ ސަމާލު ނެރެފިއެވެ.
ހުދު ސަމާލު ނެރެފައިވަނީ އދ. އަތޮޅުން ފެށިގެން ލ.
އަތޮޅާއި ދެމެދުގެ ރަށްތަކަށެވެ.
"ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އަދި
ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެކަމަށް ލަފާކުރެވުން" މިރޭ
11:30 އާއި ހަމައަށް ނެރެފައިވާ ހުދު ސަމާލުގައި ބުނެފައިވެއެވެ.
ވ. އަތޮޅުން ފެށިގެން ތ. އަތޮޅާއި ދެމެދުގެ
ރަށްތަކަށް މިރޭ 11:00 އާއި ދެމެދުގެ ވަގުތަށް ނެރެފައިވާ ރީނދޫ ސަމާލުގައި
ބުނެފައިވަނީ ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އަދި ވިލާގަނޑުގައި ގަޑިއަކު 40
މޭލަށް ވައި ގަދަވެ ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް