މިރެއާ މާދަމާވެސް ވިއްސާރަ

މިރެއާ މާދަމާވެސް އަދި ދައްކަނީ މޫސުން ގޯސްކޮށް ކަމުގައި މެޓުން ބުނެފިއެވެ. ދުވަހަށް މަޢުލޫމާތުދެއްވަމުން މެޓުން ދެންމެ ބުނެފައިވަނީ ފެންބޮޑުވެދާނެ ކަމަށް ސަމާލުވުމަށް އެންޑީއެމްއޭއިން މިއަދު ސަމާލެއް...

20 Dec 2025 | 11:47
މާލެއަށް ބޯކޮށް ވާރޭވެހުނު ވަގުތެއް - ފައިލް ފޮޓޯ: ދުވަސް

މާލެއަށް ބޯކޮށް ވާރޭވެހުނު ވަގުތެއް - ފައިލް ފޮޓޯ: ދުވަސް

މިރެއާ މާދަމާވެސް އަދި ދައްކަނީ މޫސުން ގޯސްކޮށް

ކަމުގައި މެޓުން ބުނެފިއެވެ.

ދުވަހަށް މަޢުލޫމާތުދެއްވަމުން މެޓުން ދެންމެ

ބުނެފައިވަނީ ފެންބޮޑުވެދާނެ ކަމަށް ސަމާލުވުމަށް އެންޑީއެމްއޭއިން މިއަދު

ސަމާލެއް ނެރުނު ކަމަށާއި އެ ސަމާލު ނެރުނީ މެޓުން މިއަދު ނެރުނު ރީނދޫ ސަމާލަށް

ރިއާޔަތްކޮށް ކަމަށެވެ. ނަމަވެސް އެ ހާލަތު މިވަގުތު ނެތްކަމުގައި ވިދާޅުވިއެވެ.

އެހެންނަމަވެސް މިރެއާއި މާދަމާވެސް އަދި މޫސުން

ގޯސްކަން މެޓުން ފާހަގަކުރިއެވެ. ޚާއްޞަގޮތެއްގައި މެދުރާއްޖޭގެ އަތޮޅުތަކަށް

ބޯކޮށް ވާރޭވެހުން އެކަށީގެންވާކަން ފާހަގަކުރިއެވެ.

އާންމުގޮތެއްގައި ވައިވެސް ތަންކޮޅެއް ބާރުކަން

ފާހަގަކުރަމުން މެޓުން ބުނެފައިވަނީ މިރެއާއި މާދަމައަށް ބަލާއިރު ކަނޑުތައްވެސް މެދުރާއްޖެއާއި

ދެކުނުގައި ގަދަ ވާނެކަމަށާއި އުތުރުގައި ކަނޑު އާދައިގެވަރަކަށް ގަދަވެފައި ވިލާގަނޑުގައި

ގަދަވާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް