ހިޔާވަހި ސްކީމަށް ހުށަހަޅަން ދިން މުއްދަތު އިތުރު ކޮށްދީފި

ހިޔާވަހި ފައިނޭންސް ސްކީމަށް އެދި ހުށަހަޅަން ދިން މުއްދަތު އިތުރުކޮށްދީފިއެވެ. ގެދޮރުވެރިކަމާއި އިމާރާތްކުރުމާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވީ، ހިޔާވަހި ފައިނޭންސިންގ ޕްރޮގްރާމަކީ 8...

30 Apr 2025 | 18:04

ހިޔާވަހި ފައިނޭންސް ސްކީމަށް އެދި ހުށަހަޅަން ދިން މުއްދަތު އިތުރުކޮށްދީފިއެވެ.

ގެދޮރުވެރިކަމާއި އިމާރާތްކުރުމާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވީ، ހިޔާވަހި ފައިނޭންސިންގ ޕްރޮގްރާމަކީ 8 ނޮވެންބަރު 2024 އިން ފެށިގެން ހުޅުވާލެވިފައިވާ ޕްރޮގްރާމެއް ކަމަށެވެ.

"މި ޕްރޮގްރާމްގެ 3 ސްކީމަށް އެދި ހުށަހެޅުމުގައި ކުރެހުމާއި ބީ.އޯ.ކިއު ހުށަހަޅަންޖެހޭތީ އެކަމަކީ ވަގުތު ނަގާ ކަމެއްކަމަށްވާތީ މި ޕްރޮގްރާމްގެ މުއްދަތު އިތުރުކޮށްދިނުމަށް ވަރަށް ގިނަ ފަރާތްތަކަކުން ދަނީ އެދެމުން" މުއްތަލިބު ވިދާޅުވިއެވެ.

އެހެންކަމުން މި ޕްރޮގްރާމްގެ ސްކީމްތަކަށް އެދި ހުށަހެޅުމުގެ މުއްދަތު 31 މެއި 2025 ގެ ނިޔަލަށް އިތުރުކުރުމަށް ނިންމާފައިވާ ކަމަށް ވަޒީރު މުއްތަލިބު ވިދާޅުވިއެވެ.

ގެދޮރުވެރިކަމާއި އިމާރާތްކުރުމާ ބެހޭ ވުޒާރާ އިން ކުރިން ހަމަޖައްސާފައިވާ ގޮތުން ނަމަ ކުޑަ އިންޓްރެސްޓް ރޭޓެއްގައި ބޯހިޔާވަހިކަމަށް ލޯނު ދޫކުރާ އެ ފައިނޭންސިން ސްކީމަށް ހުށަހެޅުމުގެ ސުންގަޑި ހަމަވަނީ މިއަދަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް