ބޭންކް އޮފް މޯލްޑިވްސް އިން 'ބޭންކް ފަންޑް' އަށް ހުޅުވާލައިފިއެވެ.
މި ފަންޑަކީ ޖަމިއްޔާތައް ބާރުވެރިކުރުމަށާއި ޖަމިއްޔާތަކުން ހިންގާ ދެމެހެއްޓެނެވި މަޝްރޫއުތަކަށް އެހީތެރިވުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް އިން މިދިޔަ އަހަރު ތައާރަފްކުރި ފަންޑެކެވެ.
މި ފަންޑުގެ ދަށުން ތައުލީމާއި ތިމާވެއްޓާއި ކުރިވަރު އަދި މުޖުތަމަޢަށް ފައިދާހުރި ޕްރޮޖެކްޓްތަކުގެ ތެރެއިން 5 ޕްރޮޖެކްޓެއް ހޮވައި، ކޮންމެ ޕްރޮޖެކްޓަކަށް 200،000 ރުފިޔާގެ ހިލޭ އެހީ ދޭނެ ކަމަށް ބޭންކުން ބުނެފައިވެއެވެ.
މި ފަންޑަށް އެދި ހުށަހަޅަންޖެހޭ ފޯމާއި ޕްރޮޕޯސަލް އީމެއިލް މެދުވެރިކޮށް [email protected] އަށް ހުށަހެޅޭނެއެވެ. މި ފަންޑަށް އެދި ހުށަހެޅުމުގެ ފަހު ތާރީހަކީ 29 މެއި 2025 ވަނަ ދުވަހުގެ ހަވީރު 4:00 އެވެ. މިފަންޑަށް އެދި ހުށަހެޅޭނީ ގައުމީ އެސޯސިއޭޝަންތައް ފިޔަވައި ރަޖިސްޓްރީވެފައިވާ ކްލަބް ޖަމިއްޔާތަކަށް އެކަނި ކަމުގައިވެސް ބީއެމްއެލްއިން ބުނެއެވެ.
މިފަންޑުގެ އިތުރުން ބީއެމްއެލް އިން ވަނީ 2019 އިން ފެށިގެން 5 އަހަރުގެ މުއްދަތަށް ހިންގި ކޮމިއުނިޓީ ފަންޑު މެދުވެރިކޮށް ރާއްޖޭގެ އެކިކަންކޮޅުތަކުގައި ކުރިއަށްދިޔަ 100 ޕްރޮޖެކްޓަކަށް އެހީތެރިކަން ފޯރުކޮށްދީފައެވެ. މުޖުތަމައުތައް ބާރުވެރިކުރުވައި، ދިވެހިރާއްޖޭގެ ތަރައްގީއަށް ކުރަމުންދާ މަސައްކަތްތަކަށް ބީއެމްއެލްއިން އަބަދުވެސް ބޮޑު އަހުމިއްޔަތުކަމެއް ދެއެވެ.
އިތުރު މަޢުލޫމާތު: https://www.bankofmaldives.com.mv/bank-fund
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް