ހ. ފެންޓެނޯއީ ގޭގެ ނުވަ ވަނަ ފަންގިފިލާއިން ހ. މިޓާޒްގެ ފުރާޅުމައްޗަށް ވެއްޓިފައި އޮއްވާ ފެނުނު، އުމުރުން 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދުގެ ކަނދުރާގެ ނާޒުކު އޮޕަރޭޝަނެއް އިއްޔެ ކުރިއަށްގެންގޮސްފިއެވެ.
މިކަން ހާމަކޮށް ޢާއިލާއިން ރޭގައި ބުނެފައިވަނީ އިއްޔެ މެންދުރުފަހު 03:00 ހާއިރު ފެށި އެ އޮޕަރޭޝަން ފަސް ގަޑިއިރަށްވުރެ ގިނައިރަށް ކުރިއަށްދިޔަކަމަށެވެ.
މިހާރު މެލޭޝިޔާގައި ފަރުވާ ހޯދަމުން އަންނަ ޔުމްނުގެ ފަރުވާގެ ދަތުރުގައި ކުރަން ޖެހޭ އެއީ އެންމެ ނާޒުކު އެއް އޮޕަރޭޝަންކަން ޢާއިލާއިން ފާހަގަކޮށްފައިވެއެވެ. އަދި އެ އޮޕަރޭޝަންގެ ކަންކަން ދިޔައީ ރަނގަޅަށް ކަމަށާއި އެހާ ނާޒުކު އޮޕަރޭޝަނެއް ދެން ކުރަން ނުޖެހޭނެ ކަމަށްވެސް ޢާއިލާއިން ބުނެފައިވެއެވެ.
އަދި ކަންތައްތައް ރަނގަޅަށް ދާނަމަ މާ ގިނަ ދުވަހެއް ނުވެ ޔުމްނުއަށް އިށީނދެ އިނދެލެވޭވަރުވާނެ ކަމަށްވެސް ޢާއިލާއިން ބުނެފައިވެއެވެ.
Quick Update... sorry am late again.. family updates 1st.. Naana has been in surgery since 3 PM today.. We chose not to share this earlier because we did not want you all worrying for the past 5+ hrs (3pm OT - 8:30pm DC to ICU) I spoke to the doctor. الحمد لله everything went as… pic.twitter.com/HA4RbNUk9l
— Mooch (@mooch3300) April 29, 2025
މި މަހުގެ 18 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ޔުމްނު ހ. މިޓާޒް ގޭގެ ފުރާޅުމަތީގައި އޮއްވާ ފެނުނު އިރު، ފުލުހުން މިހާތަނަށް ހިއްސާކޮށްފައިވާ މަޢުލޫމާތަށް ބަލާއިރު ޔުމްނު ވެއްޓިފައިވަނީ ހ. ފެންޓެނޯއީ ގޭގެ ނުވަ ވަނަ ފަންގިފިލާއާއި 10 ވަނަ ފަންގިފިލާއާއި ދެމެދުގެ ވައިގޮޅިންނެވެ.
ވެއްޓުނު ކަމަށް ބަލަނީ ފަތިހު 04:52 އެހާ ކަންހާއިރުގައެވެ. ޔުމްނު ވެއްޓުނީތޯ ؟ ވައްޓާލީތޯ ؟ މިކަމާއިމެދު އަދި ސާފު ޖަވާބެއް ހޯދިފައިނުވާއިރު އެ ރޭ ޔުމްނު އާއެކު ހ. ފެންޓެނޯއީ ގޭގެތެރޭގައި އުޅުނު އުމުރުން 21 އަހަރުގެ ރައުދު ވަނީ ހައްޔަރުކޮށް ބަންދަށް މުއްދަތު ޖަހާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް