ތުރުކީގެ އަސްކަރީ މަނަވަރެއް ރާއްޖެއަށް

ތުރުކީގެ ސިފައިންގެ އަސްކަރީ މަނަވަރެއް ރާއްޖެ އަތުވެއްޖެއެވެ. ތުރުކީ ސިފައިންގެ އަސްކަރީ މަނަވަރު ރާއްޖެއަށް އައިސްފައި މިވަނީ ދެ ޤައުމުގެ އަސްކަރީ ގުޅުން ބަދަހިކުރުމުގެ ގޮތުން ކަމަށް އެމްއެންޑީއެފްއ...

30 Apr 2024 | 11:11

ތުރުކީގެ ސިފައިންގެ އަސްކަރީ މަނަވަރެއް ރާއްޖެ އަތުވެއްޖެއެވެ.

ތުރުކީ ސިފައިންގެ އަސްކަރީ މަނަވަރު ރާއްޖެއަށް އައިސްފައި މިވަނީ ދެ ޤައުމުގެ އަސްކަރީ ގުޅުން ބަދަހިކުރުމުގެ ގޮތުން ކަމަށް އެމްއެންޑީއެފްއިން ވަނީ ބުނެފައެވެ.

ޓީސީޖީ ކިނަލާޑާ ނަމަކަށް ކިޔާ މި މަނަވަރުގައި، ދިވެހި ސިފައިންނާ ތުރުކީ ސިފައިން ވަނީ ހަރަކާތް ތަކެއް ހިންގުމަށް ނިންމާފައެވެ. އެހެން ނަމަވެސް މިކަމުގެ ތަފްސީލެއް އެމްއެންޑީއެފް އަކުން ހާމަކުރައްވާފައެއް ނުވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ.މުއިއްޒު ވެރިކަމާއި ހަވާލުވެވަޑައިގަތުމަށް ފަހު ފުރަތަމަ ފުރަމާނަ ދަތުރުފުޅު ކޮށްފައިވަނީ ތުރުކީއަށެވެ. މި ދަތުރުފުޅުގައި ރާއްޖޭގެ އަސްކަރީ އިތުރަށް ގާބިލްކުރެއްވުމާއި މެދު ވަނީ މަޝްވަރާކުރެވި މަސައްކަތް ފަށާފައެވެ.

ރާއްޖޭގެ ސަރަހައްދު ބެލުމަށްޓަކައި ޑްރޯންތައް ތުރުކީއިން ގެނެފައިވާއިރު، އެކަމަށް ތަމްރީނު ކުރުމަށް ދިވެހި އޮފިސަރުން މިހާރު ވަނީ  ތުރުކީއަށް ފޮނުވައި އެ މަސައްކަތްތައް ފައްޓަވާފައެވެ.   .

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް