ފުރަތަމަ ކުއާޓާގައި ބީއެމްއެލްއަށް500 މިލިޔަން ރުފިޔާއާއި ގާތްކުރާ އަދަދަަކަށް ފައިދާ ލިބިފައިވާކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބުނެފިއެވެ.
ބީއެމްއެލް ގެ ފުރަތަމަ ކުއާޓާގެ ރިޕޯޓުގައި ދައްކާ ގޮތުން ބީއެމްއެލްއަށް 493 މިލިއަން ރުފިޔާގެ ފައިދާ ލިބިފައިވެއެވެ. ބީއެމްއެލްއިން އާއްމުކޮށްފައިވާ ރިޕޯޓުން ދައްކާގޮތުގައި މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓާއާއި އަޅާ ބަލާ އިރު މި އަހަރުގެ ފުރަތަމަ ކުއާޓާއަށް 5.7 އިތުރު އަދަދެއް ވަނީ ލިބިފައެވެ. ހިންގުމުގެ ފައިދާ ގޮތުގައިވެސް 708 މިލިއަން ރުފިޔާ ވަނީ އެ ބޭންކަށް ލިބިފައި ކަމަށް އެ ރިޕޯޓުން ދައްކައެވެ.
ފުރަތަމަ ކުއާޓާގައި އަމިއްލަ ފަރުދުންނާއި ވިޔަފާރީތަކަށް967 މިލިއަން ރުފިޔާގެ ލޯނު ދޫކުރެވިފައި ވާކަމަށް ބީއެމްއެލްއިން ބުނެއެވެ. މީގެ އިތުރުން ބެންކުން ބުނީ، ގާނޫނުން ލާޒިމް ކުރާ މިންވަރަށް ވުރެން މަތީގައި ބޭންކުގެ ރައުސްމާލާއި ލިކުއިޑިޓީ ރޭޝިއޯ ވަނީ ހިފެހެއްޓިފައި ކަމަށެވެ. މިގޮތުން ޖުމްލަ އެސެޓް ވަނީ 46.3 ބިލިއަން ރުފިޔާއަށް އަރަފައިވާ ކަމަށެވެ.
މި އަހަރުގެ އިގްތިސޯދީ މާހައުލު ދަށަށް ދިޔަ ނަމަވެސް ވިޔަފާރީގެ މާހައުލު ހަލުއި ދުވެލީގައި ދަމަހައްޓައި މި އަހަރު ފެށިފައި މިވަނީ ވަރަށް ހަރުދަނާ ގޮތެއްގައި ކަމަށް ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ކާލް ސުޓުމްކަ ވަނީ ވިދާޅުވެފައެވެ. ހަމަ އެހެންމެ ފައިދާގެ ގޮތުގައި 493 މިލިއަން ރުފިޔާ ލިބިފައިވާކަމަށް ވެސް ކާލް ސުޓުމްކަ ވިދާޅުވިއެވެ.
ބޭންކުގެ ޚިދުމަތްތައް ފުޅާކޮށް ރައްޔިތުންނަށް ލުއިފަސޭހަ ކޮށް ދިނުމަށް މި ކުއާޓާގައި ހިންގި ޕްރޮގްރާމްތަކެއްގެ ދަށުން ހުޅުމާލެ ފޭސް 2، ކ.ގުޅި، އަދި ވ.ކެޔޮދޫގައިވަނީ ސެލްފްސާރވިސް ބޭންކިންގެ ޚިދުމަތްތައް ފަށާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް