މަޖިލިސް އިންތިޚާބަށް ހުޅުމާލޭގައި ޖެހި ކެންވަސްތައް ނެގުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އެދިއްޖެއެވެ.
އެޗްޑީސީން މިއަދު ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ގުޅިގެން މި ކޯޕަރޭޝަނުން ހުރިހައި ކެންޑިޓޭޓުންނަށް ކެމްޕެއިން ކުރުމުގެ ހަމަހަމަ ފުރުސަތު ހޯދައިދިނުމުގެ ގޮތުން ކެމްޕެއިން ބެނާއާއި ކެންވަސް ޖެހުމަށް ހުޅުވާލި ފުރުސަތުގައި ގިނަ އަދަދެގެ ކެންޑިޑޭޓުން ވަނީ ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ބެނާ އާއި ކެންވަސް ޖަހާފައިވާކަމަށާއި އާއްމު އިންތިހާބުތަކާ ގުޅިގެން ހުޅުމާލޭގެ މަގުތަކުގައި ބެނާ އާއި ކެންވަސް ޖެހުމުގެ ފުރުސަތު ހުޅުވާލިކަމުގައި ވިޔަސް، މަގުތަކުގައި ޖަހާ ކެންވަސް އާއި ބެނާތަކުގެ ސަބަބުން، މަގު ބޭނުން ކުރާ އާއްމު ފަރާތްތަކަށް ދަތިކަން ފޯރާކަމަށެވެ.
އެހެންކަމުން މަޖިލިސް އިންތިހާބުގެ ކެމްޕެއިންގެ ބޭނުމަށް ޖަހާފައިވާ ބެނާތަކާއި ކެންވަސްތައް މިއަދުން ފެށިގެން ކުރިއަށް އޮތް 1 ހަފްތާ ތެރޭގައި ނަގައިދިނުމަށް އެޗްޑީސީއިން އެދިފައިވެއެވެ.
އެޗްޑީސީއިން ބުނެފައިވަނީ މިއާ އެކު މިފަދަ ކަންކަމުގައި މި ކޯޕަރޭޝަންގެ އެދުމާ އެއްގޮތަށް ހުރިހައި ފަރާތްތަކުން ވެސް ދެއްވާ އެއްބާރުލުން ފާހަގަކުރާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް