ފުލުހުން ބަލަމުންދާ މައްސަލައަކާއި ގުޅިގެން ދެ ބިދޭސީން ހޯދުމަށް އިއުލާން ކޮށްފި

ފުލުހުން ބަލަމުންދާ މައްސަލައަކާއި ގުޅިގެން ފުލުހަށް ހާޒިރުވާން ޖެހޭ ދެ ބިދޭސީއަކު ހޯދުމަށް އިއުލާނު ކޮށްފިއެވެ. ނ.މަނަދޫ ޕޮލިސްޓޭޝަންގައި ބަލަމުންދާ މައްސަލައަކާއި ގުޅިގެން  ތަހުގީގަށް ހާޒިރުކުރުމަށް...

30 Apr 2024 | 05:53

ފުލުހުން ބަލަމުންދާ މައްސަލައަކާއި ގުޅިގެން ފުލުހަށް ހާޒިރުވާން ޖެހޭ ދެ ބިދޭސީއަކު ހޯދުމަށް އިއުލާނު ކޮށްފިއެވެ.

ނ.މަނަދޫ ޕޮލިސްޓޭޝަންގައި ބަލަމުންދާ މައްސަލައަކާއި ގުޅިގެން  ތަހުގީގަށް ހާޒިރުކުރުމަށް ބޭނުންވެ، މި ދެމީހުން އުޅޭ ވަކި ތަނެއް ކަށަވަރުވެފައި ނުވާތީ ހާޒިރު ވުމަށް އެދި ޗިޓު ރައްދުކޮށްދެވިފައި ނުވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެހެން ކަމުން ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމުގައި ގަވާއިދުގެ 27 ވަނަ މާއްދާގެ މަތިން މި މީހުން ހޯދުމަށް ވަނީ އިއުލާން ކުރެވިފައި ކަމަށް ފުލުހުން ބުނެއެވެ.

އެގޮތުން ފުލުހުން މި މައްސަލައާއި ގުޅިގެން ހޯދަނީ (34އ)، ޝޮހެދުއްލާއާއި، (34އ) ކޮކޮން މިއާއެވެ. މި ދެ މީހުންނަކީވެސް ބަގްލަދޭޝްއަށް ނިސްބަތްވާ ދެ މީހުންނެވެ.

2024 މެއި 11 ވަނަ ދުވަހުގެ 20:00 އަށް މި ދެމީހުން ނ.މަނަދޫ ޕޮލިސްޓޭޝަން އަށް ނުވަތަ އެންމެ ކައިރީގައިވާ ސްޓޭޝަންއަކަށް ހާޒިރުވުމަށް ފުލުހުން ވަނީ އަންގާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް