ބަންޑުން ޖަހާލި ކޮޅުވެއްޓިން ގެއްލުނު މީހާ ފެނިއްޖެ – މީހާގެ ހަރަކާތެއް ނެތް

ބަންޑުން ޖަހާލި ކޮޅުވެއްޓިން ގެއްލުނު މީހާ ފެނުނު ނަމަވެސް ހަރަކާތެއް ނެތްކަމުގައި އެމްއެންޑީއެފް އިން ބުނެފިއެވެ. މިއަދު ކުރިން އެމްއެންޑީއެފް އިން ބުނެފައިވަނީ ރ. ކުޑަކުރަތު ރިސޯޓުން ފުރައިގެން މާލެ...

30 Apr 2024 | 05:35

ބަންޑުން ޖަހާލި ކޮޅުވެއްޓިން ގެއްލުނު މީހާ ފެނުނު ނަމަވެސް ހަރަކާތެއް ނެތްކަމުގައި އެމްއެންޑީއެފް އިން ބުނެފިއެވެ.

މިއަދު ކުރިން އެމްއެންޑީއެފް އިން ބުނެފައިވަނީ ރ. ކުޑަކުރަތު ރިސޯޓުން ފުރައިގެން މާލެއަށް ދަތުރުކުރި "ލިއޯ ޕާލް" ލޭންޑިންގ ކްރާފްޓެއް ބަންޑުން ޖަހާލައި އޭގެން ދަތުރުކުރި ފަސް  މީހުންގެ ތެރެއިން އެކަކު ގެއްލިގެން އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް ކޯސްޓްގާޑް ސެކެންޑް ސްކޮޑްރަން އިން ހަރަކާތްތެރިވާން ފެށި ކަމަށާއި މި ލޭންޑިންގ ކްރާފްޓް ދަތުރުކުރި ފަސް މީހުންގެ ތެރެއިން ހަތަރު މީހުންވަނީ ކަނޑުވެފައި ވަނިކޮށް ރޭ ފަތިހު ސީއެމްބިއުލޭންސް 21 އަށް ނަގާފައި ކަމަށެވެ.  ގެއްލުނު ބިދޭސީ މީހާ ހޯދުމުގެ މަސައްކަތުގައި ފާސްޓް އިންޓަރސެޕްޓަރ  ކްރާފްޓް ހަކުރާ ދަނީ ހަރަކާތްތެރިވަމުން ކަމުގައިވެސް އޭރު ބުންޏެވެ.

އެއަށްފަހު 10:24 ހާއިރު މީޑިއާއަށް އެމްއެންޑީއެފުން ބުނީ އެމީހާ ކޮޅުވެއްޓީގެ ދަށުގައިވަނިކޮށް ފެނިފައިވާކަމަށާއި ނަމަވެސް ހަރަކާތެއް ނެތް ކަމަށެވެ.

ތަފްސީލް އަންނަނީ...

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް