ޗާގޯސް މައްސަލައިގާ ރައީސް އިސްތިއުފާ ދެއްވަންޖެހޭ: ނާޒިމް

ޗާގޯސް މައްސަލައިގާ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އިސްތިއުފާ ދެއްވަންޖެހޭ ކަމުގައި މޯލްޑިވްސް ނޭޝަނަލް ޕާޓީގެ ރައީސް ކާނަލް ރިޓަޔަޑް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ. ނާޒިމް މިހެ...

30 Apr 2023 | 18:13

ޗާގޯސް މައްސަލައިގާ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އިސްތިއުފާ ދެއްވަންޖެހޭ ކަމުގައި މޯލްޑިވްސް ނޭޝަނަލް ޕާޓީގެ ރައީސް ކާނަލް ރިޓަޔަޑް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ނާޒިމް މިހެން ވިދާޅުވީ ޗާގޯސް މައްސަލައިގާ މިއަދު އެ ޕާޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ނޫސްވެރިންގެ އެ ބައްދަލުވުމުގައި ޕާޓީގެ ރައީސް މުހައްމަދު ނާޒިމް ގެ އިތުރުން ޕާޓީގެ ނާއިބް ރައީސް އަހުމަދު އުޝާމް، ނާއިބް ރައީސް އަހުމަދު ޝަރީފް އަދި ނާއިބް ރައީސް ދުންޔާ މައުމޫން ބައިވެރިވެލެއްވިއެވެ.

ނޫސްވެރިންގެ މި ބައްދަލުވުމުގައި ނާޒިމް ވިދާޅުވީ ޗާގޯސް މައްސަލައިގައި ނިންމި ނިންމުން ގަބޫލު ނުކުރައްވާ ކަމަށާއި ދިވެހިންގެ ހައްގުގައި މަސައްކަތް ކުރާއްވާނެ ކަމަށެވެ. އަދި ދިވެހި ކަނޑުގެ ސަރަހައްދެއް ގެއްލުވާލުމުގެ ޒިންމާ ސަރުކާރުން ނަގަން ޖެހޭނެ ކަމުގައިވެސް ނާޒިމް ވިދާޅުވިއެވެ

މި މައްސަލައިގާ ދިފާއީ ބާރުތައް ސިޔާސީ ނުވެ ޒިންމާ އަދާ ކުރެއްވުމަށްވެސް ނާޒިމް މިއަދު ގޮވާލެއްވިއެވެ.

މި ޕްރެސް ކޮންފަރެންސްގައި އެ ޕާޓީގެ ނައިބު ރައީސް އަހްމަދު އުޝާމްވެސް ނޫސްވެރިންނާ މައުލޫމާތު ހިއްސާ ކުރެއްވިއެވެ. އެގޮތުން މި މައްސަލައިގާ ވާހަކަފުޅު ދައްކަވަމުން އުސާމް ވިދާޅުވީ ބަންޑާރަނައިބް ވަކާލާތުކޮށްފައި ވަނީ ދިވެހިންގެ ހައްގުގައެއް ނޫންކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް