ބަންގްލަދޭޝް ކޮކްސް ބާޒާރު ސަރަހައްދުން ގިނަ ހަތިޔާރާއެކު ހަތަރު ހަނގުރާމަވެރިޔަކު ހައްޔަރުކޮށްފި

އަރަކަން ރޮހިންގާ ސެލެވޭޝަން އާމީ (އަރްސާ) އަށް ނިސްބަތްވާ ހަތަރު ހަނގުރާމަވެރިއަކު ގިނަ އަދަދެއްގެ ހަތިޔާރާއެކު ބަންގްލަދޭޝްގެ ކޮކްސް ބާޒާރު ސަރަހައްދުން އަތުލައިގެންފިއެވެ. ބަންގްލަދޭސް އަށް ނިސްބަތ...

30 Apr 2023 | 16:58

އަރަކަން ރޮހިންގާ ސެލެވޭޝަން އާމީ (އަރްސާ) އަށް ނިސްބަތްވާ ހަތަރު ހަނގުރާމަވެރިއަކު ގިނަ އަދަދެއްގެ ހަތިޔާރާއެކު ބަންގްލަދޭޝްގެ ކޮކްސް ބާޒާރު ސަރަހައްދުން އަތުލައިގެންފިއެވެ.

ބަންގްލަދޭސް އަށް ނިސްބަތްވާ ނޫސް އޭޖެންސީއެއް ކަމުގައިވާ ޔުނައިޓެޑް ނިއުސް އޮފް ބަންގްލަދޭޝް ގައި ރިޕޯޓްކޮށްފައިވާގޮތުގައި މި ހަތަރު މީހުންގެ ތެރޭގައި ހިމެނެނީ ދެ އަންހެނަކާއި ދެ ފިރިހެނެކެވެ. އަދި މި ހަތަރު މީހުންނަކީވެސް ކޮކްސް ބާޒާރުގައި ގާއިމްކޮށްފައި ހުންނަ ރޮހިންގާ ރެފިއުޖީ ކޭމްޕްތަކުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކެއްކަން އެ ނިއުސް އޭޖެންސީން ފާހަގަކޮށްފައިވެއެވެ.

ބަންގްލަދޭޝް ފުލުހުން ބުނެފައިވާގޮތުގައި އެމީހުން ދެނެގަނުވުނީ އެތަނުން ކޭމްޕެއް ހިމެނޭ ސަރަހައްދެއްގައި އިންސްޕެކްޝަނެއް ކުރިއަށްދަނިކޮށް ފުލުހުންނަށް އަމާޒުކޮށް އެމީހުން ހަމަލާ ދޭން ފެށުމުންނެވެ. އަދި ދެ ފަރާތުން ހަމަލާ ބަދަލުކުރުމުގެ ތެރޭގައި އަރްސާގެ ހަނގުރާމެވެރިއެއްގެ ގަޔަށް ވަޒަން އެރި ކަމަށްވެސް ބުނެފައިވެއެވެ.

އެ މީހުންނަކީ ޓެރަރިސްޓުންގެ ގޮތުގައި ސިފަކޮށްފައިވާއިރު އެމީހުންގެ އަތުން ހަތަރު ބަޑިއާއި 30 ރައުންޑް ހަމަވާ ވަރަށް ވަޒަނާއި ޝޮޓްގަން ގެ ފަސް ކާޓްރިޖްގެ އިތުރުން ހުސްވެފައިވާ މެގަޒިންތަކަކާއި ހަތަރު ވޯކީ ޓޯކީގެ އިތުރުން ފަސް ފޯނު އަތުލައިގަނެވުނު ކަމަށްވެސް ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް