އދ ގައި އަފްޣާނިސްތާން އަންހެނުން މަސައްކަތް ކުރުން ތާލިބާނުން މަނާކުރުން ސަލާމަތީ މަޖިލީހުން ކުށްވެރިކޮށްފި

އދ ގައި އަފްޣާނިސްތާނުގެ އަންހެނުންނަށް މަސައްކަތް ކުރުން ތާލިބާނުން މަނާކުރި މައްސަލަ ސަލާމަތީ މަޖިލީހުން އިއްތިފާގުން ކުށްވެރިކޮށް، އަންހެނުންނާއި އަންހެން ކުދިންގެ ހައްގުތަކަށް ހީނަރުކަން އަންނާނެހ...

30 Apr 2023 | 16:25

އދ ގައި އަފްޣާނިސްތާނުގެ އަންހެނުންނަށް މަސައްކަތް ކުރުން ތާލިބާނުން މަނާކުރި މައްސަލަ ސަލާމަތީ މަޖިލީހުން އިއްތިފާގުން ކުށްވެރިކޮށް، އަންހެނުންނާއި އަންހެން ކުދިންގެ ހައްގުތަކަށް ހީނަރުކަން އަންނާނެހެން އަޅާފައިވާ ފިޔަވަޅުތައް މުރާޖާކުރުމަށް އދ އިން ވަނީ ގޮވާލާފައެވެ.

ނިއުޔޯކުގައި ބުރާސްފަތި ދުވަހު 15 މެންބަރުންގެ އިއްތިފާގުން ފާސްކުރި ގަރާރުގައި ވަނީ ތާލިބާނުންނަށް ނުފޫޒު ފޯރުވާ ހުރިހާ ގައުމުތަކަށާއި ޖަމާއަތްތަކަށް އިލްތިމާސްކޮށް، އާންމު ދިރިއުޅުމުގައި އަންހެނުންގެ ހައްގުތައް ނިގުޅައިގަތުމަށް މަގުފަހިވާ ގޮތަށް ފާސްކޮށްފައިވާ ސިޔާސަތުތައް ވީހާވެސް އަވަހަކަށް މނުރާޖާ ކުރުމަށް އިލްތިމާސްކޮށްފަ އެވެ.

ޔުނައިޓެޑް އަރަބް އެމިރޭޓްސް އާއި ޖަޕާނުން ޑްރާފްޓްކޮށްފައިވާއެ ގަރާރުގައި ވަނީ އަފްޣާން މުޖުތަމައުގައި އަންހެނުން ކުޅޭ މުހިންމު ރޯލް ފާހަގަކޮށް، އެކަބަލުންގެ ހައްގުތަށް ނިގުޅައި ގަންނަފަދައިން ފާސްކުރާ އެކި ޕޮލިސީތަކަކީ އިންސާނީ ހައްގުތަކަށް އަރައިގަތުމުގެ ކުށެއްގެ ގޮތުގައި ސިފަކޮށްފައެވެ.

ޖުލައި 2021 ގައި ތާލިބާނުން ވެރިކަމާ ހަވާލުވި ފަހުން އަންހެނުންނާއި އަންހެން ކުދިންގެ އިންސާނީ ހައްގުތަކުގެ ފުޅާ ދާއިރާއެއް ހަނިކޮށް، ހައި ސްކޫލާއި ޔުނިވާސިޓީއަށް ދިއުން މަނާކުރުމާއި، ހަރަކާތްތެރިވުމާއި މަސައްކަތަށް ހުރަސްއެޅުން ގިނަ އުސޫލުތަކެއް ވަނީ އެ ޤައުމުގައި ފާސްކޮށްފައެވެ.

އަދި ޤައުމަށް އައިސްފައިވާ އިޤްތިސާދީ އިޖްތިމާއީ ހީނަރުކަމުން އަރައިގަނެވޭނީ އަންހެނުންވެސް ބާރުވެރިކުރުވައިގެންކަން އދ.އިން ވަނީ ފާހަގަކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް