އެމްޑީޕީ ތެރޭގައި ދެ ފެކްޝަނެއް އުފެދި އެޕާޓީގެ ތެރޭގައި ވާދަވެރިކަން ބޮޑުވެފައި ވަނިކޮށް އެމްޑީޕީގެ މައި ހަރުގެ ހުސްކުރަން އަންގައިފިއެވެ.
އެނގިފައިވާ ގޮތުގައި އެމްޑީޕީގެ ހަރުގެ ހުންނަނީ އެ ޕާޓީގެ އިސް އެކްޓިވިސްޓެއް އަދި ރައީސް މުހައްމަދު ނަޝީދުގެ ފިކުރެއްގެ ދިރުން ފެކްޝަނަށް ނިސްބަތްވެވަޑައި ގަންނަވާ ފަރާތެއްގެ ބިމެއްގައެވެ.
މިގޮތުން އެމްޑީޕީގެ މައި ހަރުގެ ހުސްކުރަން އެ ގޭގެ ވެރިފަރާތުން އެ ޕާޓީއަށް އަންގައިފައިވަނީ އެބިމުގެ ވެރިފަރާތުން އެތަނުގައި އިމާރާތެއް ބިނާކުރަން ބޭނުންވާތީ ކަމަށް އެމްޑީޕީން މީޑިއާގައި ބުނެފައި ވެއެވެ.
އަދި ހަރުގެ ބަދަލުކުރާނެ ބިމެއް ހޯދުމުގެ މަސައްކަތް އެ ޕާޓީން ކުރަމުން އަންނަ ކަމަށް އެމްޑީޕީން ބުނެފައި ވެއެވެ.
އެމްޑީޕީ މައި ހަރުގެ ހުސްކުރަން އަންގައިފައި މިވަނީ އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ފެކްޝަނުން ރިޔާސީ އިންތިހާބުގެ ހަރަކާތްތައް ރާވަމުން ގެންދަނިކޮށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް