އިންޑިއާގެ ފޮރިން މިނިސްޓަރު މާދަމާ ރާއްޖެއަށް ކުރައްވާ ޒިޔާރަތުގައި ރާއްޖެއަށް ހަދިޔާތަކެއް ދެއްވާނެކަން އިންޑިއާއިން ހާމަކޮށްފިއެވެ.
އެގޮތުން އިންޑިއާއިން ބުނެފައިވަނީ މިނިސްޓަރުގެ މި ދަތުރުފުޅުގައި ރާއްޖެއަށް "ފާސްޓް ޕެޓްރޯލް ވެސެލް" އަކާއި ލޭންޑިން ކްރާފްޓެއް ހަދިޔާ ކުރައްވާނެކަމަށެވެ.
ބެލެވޭ ގޮތުގައި "ފާސްޓް ޕެޓްރޯލް ވެސެލް" އަކީ ކޯސްޓްގާޑު އުޅަނދު، ހުރަވީގެ ބަދަލުއި އިންޑިއާއިން ދޭ އުޅަނދެވެ.
އިންޑިއާއިން ބުނެފައިވާގޮތުގައި ޑިފެންސް މިނިސްޓަރުގެ މި ދަތުރުފުޅުގައި ރައީސް ސޯލިހާއި، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި، ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ އާއި އިންޑިއާގެ ފޮރިން މިނިސްޓަރު ބައްދަލުކުރައްވާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް