ގާނޫނު ހުއްދަ ނުކުރާތީ ސަލްމާނަށް ބައްޕައަކަށް ނުވެވިފައި!

އިންޑިއާގެ ގާނޫނު ހުއްދަ ނުކުރާތީ ބައްޕައަކަށް ނުވެވިފައި ހުރި ކަމަށް ބަތަލް ސަލްމާން ހާން ބުނެފި އެވެ. އުމުރުން 57 އަހަރުގެ ސަލްމާން ކައިވެނި ނުކުރާ ވާހަކައަކީ އަބަދުވެސް ހިނގާ ވާހަކައެކެވެ. ދޭތެރެ ދ...

30 Apr 2023 | 08:58

އިންޑިއާގެ ގާނޫނު ހުއްދަ ނުކުރާތީ ބައްޕައަކަށް ނުވެވިފައި ހުރި ކަމަށް ބަތަލް ސަލްމާން ހާން ބުނެފި އެވެ.

އުމުރުން 57 އަހަރުގެ ސަލްމާން ކައިވެނި ނުކުރާ ވާހަކައަކީ އަބަދުވެސް ހިނގާ ވާހަކައެކެވެ. ދޭތެރެ ދޭތެރެއިން އެކަމާއި ގުޅޭގޮތުން ސުވާލު ކުރާއިރު މި ހަފްތާގައި ސަލްމާން ވަނީ ކައިވެނި ކުރުމާއި ދަރިއަކު ހޯދުމާއި ގުޅޭގޮތުން ވާހަކަ ދައްކާފައި އެވެ.

ސަލްމާން ދިން އިންޓަވިއުއެއްގައި ބުނީ އޭނާވެސް ދަރިއަކު ހޯދަން ބޭނުންވާ ކަމަށާއި ބައްޕައަކަށް ވުމަކީ ހުވަފެނެއް ކަމަށެވެ. އެކަމަކު ކަރަން ޖޯހަރުމެން ސަރޮގޭޓްކޮށްގެން ދަރިން ހޯދިހެންވެސް ނުހޯދިގެން އުޅެނީ އޭނާ އެކަން ކުރަން ބެލި އިރު އިންޑިއާގެ ގާނޫނު އަސާސީއަށް ބަދަލު ގެނެސްފައިވާތީ ކަމަށް ބުންޏެވެ.

ސަލްމާން ބުނީ އޭނާ އަކީ ކުޑަކުދިން ދެކެ ވަރަށް ލޯބިވާ މީހެއް ކަމަށެވެ. ސަރޮގޭޓުކޮށްގެން ދަރިއަކު ހޯދިޔަސް އެ ގޭގައި ދަރިފުޅު ބަލާނެ މީހުން އެބަތިބި ކަމަށެވެ.

އެކަމަކު އޭނާގެ ދަރިފުޅުގެ މަންމައަށް ކޮންމެ ކޮންމެ މީހަކަށް ނުވެވޭނެ ކަމަށް ބުންޏެވެ. ސަލްމާންގެ ބުނީ އޭނާގެ ދަރިފުޅުގެ މަންމަ އަށް ވާނީ އޭނާގެ އަނބިމީހާ ކަމަށެވެ.

ސަލްމާން މިވާހަކަތަކާއި ގުޅިގެން ހިޔާލު ފާލު ކުރި މީހުން ބުނީ ވާހަކަތަކުން ސަލްމާން ދަރިއަކު ހޯދުމާއި މީހަކާއި އިނުމާއި ގުޅޭގޮތުން ކޮޅެއް ފެނިފައި ނުވާ ކަމަށެވެ.

ސަލްމާން ލޯބީގެ ގޮތުން ގުޅިގެން އުޅުނު ތަރިންގެ ތެރޭގައި އައިޝްވާރްޔާ ރާއީ ބައްޗަން ހިމެނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް