އައްޑޫ ސިޓީ އާއި ފުވައްމުލަކު ސިޓީއަށް މިއަދު މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފި އެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނީ މިއަދު ހެނދުނު10:00 ން ހަވީރު4:00 އަށް އެ ސަރަހައްދަށް މޫސުން ގޯސްވާނެ ކަމަށެވެ.
ދެ ސިޓީއަށް ބޯކޮށް ވާރޭ ވެހި ގުގުރާނެ އެވެ. އެކަމަކު ކަނޑާއި ވައި މަޑުވާނެ ކަމަށް ލަފާ ކުރެ އެވެ.
މެޓުން ވަނީ މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް