ޓީޗަރުންގެ މުސާރަ ބޮޑު ކުރާއިރު، ޤައުމީ ޔުނިވަސިޓީގެ ލެކްޗަރާއިންގެ މުސާރަ ވެސް ބޮޑު ކުރުމަށް ރާއްޖޭގެ މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޝެއިޚް ޢަލީ ޒައިދު ވިދާޅުވެއްޖެއެވެ.
ޝެއިހް ޒައިދު މިއަދު ކުރެއްވި ޓްވީޓެއްގައި މިހެން ވިދާޅުވީ ވިދާޅުވީ ޓީޗަރުންގެ މުސާރަ ބޮޑުކުރުމަށް ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވެވަޑައިގެންފައިވާ ވައުދާ އެއްގޮތަށް އަންނަމަހުން ފެށިގެން ތަޢުލީމީ ދާއިރާގެ ހުރިހާ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަށް ނިންމުމާއި ގުޅިގެންނެެވެ.
އެގޮތުން ޤައުމީ ޔުނިވާސިޓީގައި ލެކްޗަރާއެއްގެ ގޮތުގައި ކިޔަވައިދެއްވާ ދީނީ އިލްމު ވެރިޔާ ޝެއިހް ޒައިދު ކުރެއްވި ޓްވީޓްގައި ވިދާޅުވީ ޓީޗަރުންގެ މުސާރަ ބޮޑުވާއިރު ރާއްޖޭގެ ޤައުމީ ޔުނިވަސިޓީގެ ލެކްޗަރާއިންގެ މުސާރަ އެއްވެސް ވަރަކަށް ބޮޑުނުވާތީ އެކަމާ މެދު ހިތާމަކުރައްވާ ކަމަށެވެ.
ޒައިދު ފާހަގަ ކުރެއްވި ގޮތުގައި މާސްޓަރ ސެޓްފިކެޓް އޮތް ލެކްޗަރާއިންނަށް ލިބެނީ އެންމެ 17000 ރުފިޔާ ކަމަށާއި މިއީ އެ މަސްއޫލިއްޔަތާއި އަޅާ ބަލާއިރު ވަރަށް ކުޑަ މިންވަރެއް ކަމަށާއި މި މުސާރަ ބޮޑުކޮށްދޭން ޖެހޭ ކަމަށް ވިދާޅުވި އެވެ.
ޓީޗަރުންގެ މުސާރައަށް އަންނަ ބަދަލާއެކު ގްރެޖުއޭޓް ފެންވަރުގެ ސެކަންޑަރީ ޓީޗަރެއްގެ މުސާރަ 12،628ރ. އިން 19،640ރ. އަށް ބޮޑުވާނެ ކަމަށް ސަރުކާރުން ހާމަކުރެއެވެ.
އަދި މުސާރައަށް ގެންނަ ބަދަލާއެކު، 21،000ރ. ލިބޭ ޕްރިންސިޕަލެއްގެ މުސާރަ 32،000 އަށް ބޮޑުވާއިރު މިހާރު 14،000ރ. ޖެހޭ މީހުންނަށް 28،000ރ. ލިބޭނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް