މިއަހަރުގެ ފިތުރު އީދު ދުވަހަކީ އަންނަ ހޯމަ ދުވަސް ކަމަށް އިސްލާމިކް މިނިސްޓްރީން ކަނޑައަޅައިފި އެވެ.
ހަނދާ ބެހޭ ބަޔާން އިއްވަވަމުން އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވިދާޅުވީ، މިއަދުގެ އިރުއޮއްސުނު ވަގުތު ރާއްޖޭގެ އެއްވެސް ރަށަކަށް އަދި އިސްލާމީ އެހެން އެއްވެސް ގައުމަކަށް ވެސް މި އަހަރުގެ ޝައްވާލުމަހުގެ ހަނދު ފެންމަތިނުވާނެ ކަމަށް އިތުބާރުހުރި ފަލަކީ ހިސާބުން ކަށަވަރުވާ ކަމަށެވެ.
މިނިސްޓަރު ވަނީ މި ބަރަކާތްތެރި ފިތުރު އީދުގެ މުނާސަބަތުގައި ރައީސަށާއި އެންމެހައި ލޮބުވެތި ރައްޔިތުންނަށާއި އިސްލާމީ އުއްމަތަށް ތަހުނިއްޔާ އާއި ހެޔޮއެދުންތައް ފޮނުއްވާފަ އެވެ.
އަދި މާތް ﷲ އަޅުގަނޑުމެން ހިފި ރޯދަ އާއި މި ބަރަކާތްތެރި މައްސަރުގައި ކުރި ހެޔޮ އަމަލުތައް ގަބޫލު ކުރައްވައި ފާފަ ފުއްސެވުން އެދި ދުއާ ކުރެއްވި އެވެ.
ފަލަކީ ހިސާބުން ދައްކާގޮތުގައި، ރާއްޖެ އަށް މިއަދު އިރުއޮއްސުމުގެ 17 މިނެޓު ކުރިން ހަނދު އޮއްސުނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް