ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސް ގުޅިގެން އަންހެން ކުދިންނަށް އަމާޒުކޮށްގެން ފުރަތަމަ ފަހަރަށް ޑޭޓާ ލިޓްރަސީ އިނީޝިއޭޓިވްއެއް!

ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސް ގުޅިގެން އަންހެން ކުދިންނަށް އަމާޒުކޮށްގެން ޑޭޓާ ލިޓްރަސީ އިނީޝިއޭޓިވްއެއް އިއުލާންކޮށްފިއެވެ. ދިރާގުން ބުނީ "ގާލްސް އިން ޑޭޓާ" ގެ ނަމުގައި ކުރިއަށް ގެންދާ މި ޕްރޮ...

30 Apr 2022 | 15:11

ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސް ގުޅިގެން އަންހެން ކުދިންނަށް އަމާޒުކޮށްގެން ޑޭޓާ ލިޓްރަސީ އިނީޝިއޭޓިވްއެއް އިއުލާންކޮށްފިއެވެ.

ދިރާގުން ބުނީ "ގާލްސް އިން ޑޭޓާ" ގެ ނަމުގައި ކުރިއަށް ގެންދާ މި ޕްރޮގްރާމަކީ މިއަދުގެ ޑޭޓާ އިންޓެންސިވް ދުނިޔޭގައި ޑޭޓާގެ މުހިންމުކަން އަންހެން ކުދިންނަށް ދަސްކޮށްދިނުމުގެ ގޮތުން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ޕްރޮގްރާމެއް ކަމަށެވެ.

މި ޕްރޮގްރާމުގައި ޑޭޓާ އެއްކުރުމާއި، އޭގެން މާނަ ދޭހަކުރުމާއި، ޑޭޓާ ބޭނުންކޮށްގެން މުހިއްމު ނިންމުންތައް ނިންމާނެ ގޮތްތައް އެކުދިންނަށް ދަސްކޮށްދެވޭނެ ކަމަށް ދިރާގުން ހާމަކުރެއެވެ.

"ގާރލްސް އިން ޑޭޓާ" ޕްރޮގްރާމް ފެށުމަށް ހަމަޖެހިފައިވަނީ 28 މެއި 2022 ގައި ކަމަށް ދިރާގުން ބުނެއެވެ.

ދިރާގުން ބުނީ މި ޕްރޮގްރާމްގެ ފުރުތަމަ އެޑިޝަން އަމާޒުކުރެވިފައިވަނީ މާލެ ސަރަހައްދުގެ ގްރޭޑް 5 އާއި 7 އާއި (10 އަހަރާއި 13 އަހަރާ) ދެމެދުގެ އަންހެން ކުދިންނަށް ކަމަށެވެ.

މި ޕްރޮގްރާމްގެ ދޮޅު މަސްދުވަހަށް ދެމިގެންދާއިރު ކުލާސްތައް ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ އޮންލައިންކޮށް ކަމަށް ދިރާގުން ހާމަކުރެއެވެ.

އަދި ޕްރޮގްރާމް ސްޓަރކްޗަރ ކުރެވިފައިވާނީ ޑޭޓާ ބޭނުންކުރުމުގެ އަސްލު މިސާލުތަކާއި، ރާއްޖޭގެ ބައެއް ޑޭޓާ އިންޓެންސިވް އިދާރާތަކަށް ފީލްޑް ޓްރިޕްތައްވެސް ހިމަނައިގެން ކަމަށް ދިރާގުން ބުނެއެވެ.

އެއީ ބައިވެރިންނަށް ޑޭޓާ ބޭނުންކުރާ އަސްލު ހާލަތުތަކުގެ ތަޖުރިބާ ހޯދާ ދިނުމުށް ކަމަށް ދިރާގުން ބުނެއެވެ.

ދިރާގުން ބުނީ މި ޕްރޮގްރާމްއަށް ރަޖިސްޓްރީ ކުރުމަށް މިއަދުން ފެށިގެން ވަނީ ހުޅުވާލާފައި ކަމަށެވެ.

ޕްރޮގްރާމުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން އަދި މި womenintechmv.or ވެބްސައިޓް މެދުވެރިކޮށް 20 މެއި 2022 ގެ ނިޔަލަށް އެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

މި ޕްރޮގްރާމުގައި ބައިވެރިވުމަށް އެއްވެސް ފީއެއް އެއް ނުނަގާނެ ކަމަށް އެ ދިރާގުން ހާމަކުރެއެވެ. .

ވިމެން އިން ޓެކް މޯލްޑިވްސް އަކީ ޓެކް އިންޑަސްޓްރީގައި މަސައްކަތް ކުރާ އަންހެނުން ބާރުވެރިކުރުވައި، މިދާއިރާގައި މަސައްކަތް ކުރާ އަންހެނުން އިތުރުކުރުމަށް މަސައްކަތްކުރާ މަދަނީ ޖަމިއްޔާއެކެވެ.

ޑޭޓާ ސައިންސް ހުނަރަކީ ޓެކް ދާއިރާގެ ވަރަށް މުހިއްމު ހުނަރެއް ކަމަށްވުމާއެކު، ޑޭޓާއަށް އަހުލުވެރި ބަޔަކަށް ވުމަކީ ކޮންމެ މީހަކަށް ވެސް، ހާއްސަކޮށް އަންހެން ކުދިންނަށް ނުހަނު ބޭނުންތެރި ކަމެއް ކަމަށް ވިމެން އިން ޓެކް މޯލްޑިވްސްއިން ގަބޫލުކުރެއެވެ.

ޓެކް ދާއިރާއިން އަންހެން ކުދިން ބާރުވެރިކުރުވުމަކީ ދިރާގުން މީގެ ކުރިންވެސް ހާއްސަ އަހައްމިއްޔަތެއްގެ ދަށުން ކުރާ މަސައްކަތަކަށް ވެފައި، މި ޕްރޮގްރާމް ކުރިއަށް ގެންދިއުމުގެ މަގްސަދަކީ އަންނަން އޮތް ޖީލުގެ އަންހެން ކުދިންނަށް ޑޭޓާގެ މުހިއްމުކަމުގެ މަޢުލޫމާތު ދިނުންކަމަށް ދިރާގުން ހާމަކުރެއެވެ.

އަދި ޕްރޮގްރާމުން ދަސްވެގެންދާ ޑޭޓާގެ ހުނަރުތަކަކީ މުޖުތަމައަށް ހެޔޮ ބަދަލުތަކެއް ގެނައުމަށް ބޭނުންކުރެވޭނެ ހުނަރު ކަމަށް ދިރާގުން ބުނެއެވެ.

ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސް ގުޅިގެން މީގެ ކުރިންވެސް އަންހެން ކުދިންނަށް ކޯޑިން ދަސްކޮށްދިނުމުގެ މަގްސަދުގައި ގާލްސް ޓު ކޯޑްގެ ނަމުގައި ކޮންމެ އަހަރަކުވެސް ޕްރޮގްރާމެތަކެއް ދަނީ ހިންގަމުންނެވެ. ގާރލްސް ޓު ކޯޑް ޕްރޮގްރާމްގެ ދަށުން މިހާރުވެސް 3 ޕްރޮގްރާމެއް ވަނީ ހިންގާފަ އެވެ. ހަމަ އެފަދައިން "ގާރލްސް އިން ޑޭޓާ" ޕްރޮގްރާމްގެ އިތުރު ބުރުތައް ރާއްޖޭގެ އެކި ސަހަރައްދުތަކުގައި ކާމިޔާބުކަމައިއެކު ކުރިއަށް ގެންދިއުމަށް ދިރާގާއި ވިމެން އިން ޓެކްއިން އުންމީދުކުރެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް