އެސްޓީއޯގެ ވިޔަފާރިތައް ކުރިއަރައި، އަހަރުގެ ފުރަތަމަ ކުއާޓާގައި 150 މިލިއަން ރުފިޔާގެ ފައިދާއެއް

ދައުލަތުގެ ވިޔަފާރި ކުންފުނި، ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން (އެސްޓީއޯ) ގެ ވިޔަފާރިތައް ކުރިއަރައި، އަހަރުގެ ފުރަަތަމަ ކުއާޓާގައި 150 މިލިއަން ރުފިޔާގެ ފައިދާއެއް އެ ކުންފުންޏަށް ލިބިއްޖެއެެވެ. އެކަނ...

30 Apr 2022 | 09:02

ދައުލަތުގެ ވިޔަފާރި ކުންފުނި، ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން (އެސްޓީއޯ) ގެ ވިޔަފާރިތައް ކުރިއަރައި، އަހަރުގެ ފުރަަތަމަ ކުއާޓާގައި 150 މިލިއަން ރުފިޔާގެ ފައިދާއެއް އެ ކުންފުންޏަށް ލިބިއްޖެއެެވެ.

އެކަން ހާމަކޮށްފައިވަނީ އެސްޓީއޯގެ ވެބްސައިޓްގައި މިއަދު ހާމަކުރި އެ ކުންފުނީގެ މި އަހަރުގެ ފުރަތަމަ ކުއާޓަރގެ ހިސާބުތަކުގައެވެ.

ނިމިދިޔަ ކުއާޓަރގައި ކުންފުނީގެ ޖުމްލަ އާމްދަނީ އަކީ ހަތަރު ބިލިއަން ރުފިޔާއެވެ. މިއީ އޭގެ ކުރީ ކުއާޓަރއާއި އަޅާ ބަލާއިރު 23 އިންސަައްތައިގެ އިތުރުވުމެކެވެ. އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މައްޗަށް ދިޔުމާއެކު، އެސްޓީއޯއިން ވިއްކި ތެލުގެ އަދަދު އޭގެ ކުރީ ކުއާޓަރއާއި އަޅާބަލާއިރު، 14 އިންސައްތަ އިތުރުވެފައިވުންކަމުގައި އެސްޓީއޯއިން ބުނެއެވެ. އަދި ހަމަމިއާއެކު، ކުންފުނިން ކުރަމުން ގެންދާ އެހެނިހެން ވިޔަފާރިތައް ކުރިއަރާ، މި ވިޔަފާރިތަކުން ލިބުނު އާމްދަނީ އިތުރުވެފައިވުންކަމުގައިވެސް ބުނެފައިވެއެވެ.

އެސްޓީއޯއަށް ލިބުނު އާމްދަނީ އިތުރުވުމާއެކު، ޖުމްލަ ފައިދާ ވަނީ އޭގެ ކުރީ ކުއާޓަރއާއި އަޅާބަލާއިރު، 71.6 މިލިއަން ރުފިޔާ އިތުރުވެފައެވެ. މިއީ އޭގެ ކުރީ ކުއާޓަރއާއި އަޅާބަލާއިރު، 18 އިންސައްތައިގެ ކުރިއެރުމެކެވެ.

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތައް ބޮޑުވިނަމަވެސް، އެ ނިސްބަތުން އެސްޓީއޯއިން ތެލުގެ އަގުތައް ބޮޑުކޮށްފައިނުވާނެކަން އެސްޓީއޯއިން ފާހަަގަކުރެއެވެ. ހަމަމިއާއެކު، ރަމަޟާން މަހަށް ހާއްސަކޮށް، ރައްޔިތުންނަށް ބޭނުންވާ ތަކެތި އެތެރެކޮށް، ހެޔޮ އަގުގައި ފޯރުކޮށްދިނުމަށް އިސްކަމެއް ދެވިފައިވާނެކަމަށާއި މިއާއެކު އެސްޓީއޯ ޕީޕަލްސް ޗޮއިސްއިން ދެމުން ގެންދިޔަ ޚިދުމަތްތައް ފުޅާކޮށް، ތަފާތު މުދަލާއެކު، 13 މާރިޗް 2022 ގައި އައު ޑިޕާރޓްމަންޓް ސްޓޯރއެއް ވަނީ ހުޅުވާފައެވެ.

އެސްޓީއޯގެ ހިންގުމުގެ ޚަރަދު، 2022 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރގައި ވަނީ އޭގެ ކުރީ ކުއާޓަރއާއި އަޅާބަލާއިރު ގާތްގަނޑަކަށް 10 އިންސައްތަ އިތުރުވެފައެވެ. މީގެ މައިގަނޑު ސަބަބަކީ ޕްރޮވިޝަން އިތުރުވެފައިވުމެވެ.

ޓެކްސްއަށް ކެނޑުމުގެ ކުރިން، އެސްޓީއޯގެ 2022 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރގެ ފައިދާއަކީ 177 މިލިއަން ރުފިޔާއެވެ. މިއީ އޭގެ ކުރީ ކުއާޓަރއާއި އަޅާބަލާއިރު 15 އިންސައްތައިގެ އިތިރުވުމެކެވެ. އަދި ޓެކްސްއަށް ކެނޑުމަށްފަހު މި ކުއާޓާރގެ ސާފު ފައިދާއަކީ 150 މިލިއަން ރުފިޔާއެވެ. މިއީ އޭގެ ކުރީ ކުއާޓާރ އާއި އަޅާބަަލާއިރު 14 އިންސައްތައިގެ އިތިރުވުމެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް