ހުޅުމާލޭގެ 10 ބިމެއްގައި އެޕާޓްމަންޓް އަޅައިދޭނެ ދިވެހި ކުންފުނިތަކެއް ހޯދަނީ

ހުޅުމާލޭގެ10 ބިމެއްގައި އެޕާޓްމެންޓު އިމާރާތްތަކެއް އަޅައިދޭނެ ކުންފުނިތަކެއް ހޯދަން ހައުސިން ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން އިއުލާނުކޮށްފި އެވެ. އެ ކުންފުނިން ބުނީ މި ފުރުސަތު ހުޅުވާލާފައި...

30 Apr 2022 | 07:51

ހުޅުމާލޭގެ10 ބިމެއްގައި އެޕާޓްމެންޓު އިމާރާތްތަކެއް އަޅައިދޭނެ ކުންފުނިތަކެއް ހޯދަން ހައުސިން ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން އިއުލާނުކޮށްފި އެވެ.

އެ ކުންފުނިން ބުނީ މި ފުރުސަތު ހުޅުވާލާފައިވަނީ ދިވެހި ކުންފުނިތަކަށް ކަމަށެވެ. އެ މަސައްކަތް ކުރުމަށް ދޫކުރަނީ 1،657 އަކަފޫޓާއި 3،411 އަކަފޫޓާ ދެމެދުގެ ބިންތަކެވެ.

އެޗްޑީސީން ބުނީ10 ބިން ދޫކުރުމަށް ހަމަޖެހިފައިވަނީ ފުރަތަމަ ފިޔަވަހިން2 ބިމެއްގައި އަދި ދެ ވަނަ ފިޔަވަހިން އަށް ބިމަކުން ކަމަށެވެ. ދެ ކޮޓަރި އާއި ތިން ކޮޓަރީގެ އެޕާޓްމަންޓްތަކެއް ހަދައި، ވިއްކުމަށް ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހަޅަން ވަނީ ހުޅުވާލާފައި އެވެ.

ބިން ދޫކުރުމަށް ހަމަޖެހިފައިވަނީ ފުރަތަމަ ފިޔަވަހިން ނެއިބަހުޑް 1 ރީތިގަސްމަގާއި ގުލްޗަންޕާމަގު ގުޅޭ ކަންމައްޗަށް އޮންނަ ބިމާއި ނެއިބަހުޑް 2 ގެ ނިރޮޅުމަގު 20 ނަންބަރު ގޯޅީގައި އޮންނަ ބިމެއްގައި އެވެ. އަދި ހުޅުމާލެ ދެވަނަ ފިޔަވަހީގެ ދެވަނަ ވަގުތީ މިސްކިތް ހުންނަ ސަރަހައްދާ ކައިރިން 8 ބިމެއްގައި އެވެ.

މި މަޝްރޫއުއަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ ޖޫން މަހު 9 ވަނަ ދުވަހުގެ ކުރިން ބިޑް ހުށަހަޅަން ޖެހެ އެވެ. އަދި ބިޑް ސެކިއުރިޓީގެ ގޮތުގައި 500،000 ރުފިޔާ ވެސް ހުށަހަޅަން ޖެހެ އެވެ.

ހުށަހަޅާ ޕްރޮޕޯސަލްތަކުން، ހޮވޭ ފަރާތްތަކުގެ ތެރެއިން ކޮންމެ ފަރާތަކަށް ދޭން ނިންމާފައި ވަނީ އެއް ބިމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް