އީދު ނަމާދު ކުރުން އެންމެ އެދެވިގެން ވަނީ ބޮޑު ޖަމާއަތުގައި މައިދާނުގައި ކުރުން ކަމަށް ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒު އަހުމަދު ވިދާޅުވެއްޖެ އެވެ.
ޑރ. އިޔާޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ވާރޭވެހުން ފަދަ ޢުޛުރެއް މެދުވެރިނުވާނަމަ ރަސޫލާ ﷺ މުޅިންވެސް ޢީދުނަމާދު ކުރައްވާފައިވަނީ މައިދާނުގައި (ބޮޑު ޖަމާއަތުގައި) މިސްކިތްކޮޅަކު ނޫން ކަމަށެވެ. އޭނާ ވިދާޅުވީ އެކަލޭގެފާނުގެ ސުންނަތުގައި ހިފުމުގެ ގޮތުން ޢީދުނަމާދަށް މައިދާނަށް ދިއުމަށް އެދިވަޑައިގެންނަވާ ކަމަށެވެ.
މިއަހަރުގެ ފިތުރު އީދު ނަމާދު ރާއްޖޭގައި ކުރުމަށް ހަމަޖެހިފައިވަނީ ހުރިހާ ރަށެއްގައިވެސް ބޮޑު ޖަމާއަތުގައި އެވެ. މިއަހަރު ބޮޑުޖަމާއަތުގައި ނަމާދު ކުރަނީ ކޯވިޑާއި ގުޅިގެން ދެ އަހަރުގެ މެދުކެނޑުމަކަށް ފަހު އެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ބޮޑު ޖަމާއަތުގައި ނަމާދު ކުރުން ކެންސަލް ވާނީ ވިއްސާރަ ވެއްޖެ ނަމަ ކަމަށެވެ.
މާލޭގައި ބޮޑު ޖަމާއަތުގައި ނަމާދު ކުރުމަށް ހަމަޖެހިފައިވަނީ ސްޓޭޑިއަމް ގައި އެވެ. ވިލިމާލެ އާއި ހުޅުމާލޭގައި އީދު ނަމާދު ކުރުމަށް ހަމަޖެހިފައިވަނީ ފުޓުބޯލަ ދަނޑުގައި އެވެ.
އަތޮޅު ތެރޭގައި ރަށްރަށުގައި ބޮޑު ޖަމާއަތުގައި ނަމާދު ކުރަން ހަމަޖައްސާފައިވަނީ ފުޓުބޯޅަ ދަނޑާއި ހުސް ސަރަހައްދުތަކުގައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް