ލ. ގަމު އެކުވެރި މަސްވެރިންގެ ޖަމިއްޔާގެ ފަރާތުން ގުރުއަތުން ހޮވުނު ދެ ފަރާތަކަށް މާތް ވެގެންވާ އުމުރާ ދަތުރެއް ދީފިއެވެ.
މަސްވެރިނަށް ހާއްސަކުރެވިގެން ބޭއްވުނު ރޯދަ ވިއްލުމެއްގެ ތެރެއިން މި އުމްރާ ދަތުރުގެ ގުރު އަތުން ހޮވިފައިވަނީ އަބްދުލް ޝަރީފު ، ފަންހިޔާ އަދި އަހުމަދު މުނާޒް މުޝްތަރީ ވަދީއެވެ.
މި އުމްރާ ދަތުރު ދީފައިވަނީ އެ ރަށު ރަޖިސްޓްރީ ވެފައިވާ މަސްދޯނި ތަކުގެ މަސްވެރިންނަށް ހާއްސަ ކޮށެވެ. އެގޮތުން މި އަހަރުގެ އުމްރާ ދަތުރު ގައި ޖުމްލަ 15 ދޯނިން 172 މަސްވެރިން ވަނީ ބައިވެރިވެ ފައެވެ.
ގަމު އެކުވެރި މަސްވެރިންގެ ރައީސް ހުސައިން ހަނީފް "ދުވަސް"އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މި އުމްރާ ދަތުރަކީ ގަމުގައި ރަޖިސްޓްރީ ވެފައިތިބި މަސްދޯނި ތަކަށް ހުޅުވާލެވުނު ފުރުސަތެއް ނަމަވެސް އެ ދޯނި ތަކުގައި މަހަށް ގޮސް އުޅޭ ރާއްޖޭގެ ކޮންމެ ހިސާބެއްގެ މީހަކަށްވެސް މި ފުރުސަތުގައި ބައިވެރި ވެވޭނެ ކަމަށެވެ.
ހަނީފް ވިދާޅުވީ މި އުމްރާ ދަތުރުގެ މަގުސަދަކީ މަސްވެރި ކަމަށް ގިނަ ފަރާތްތަކުން ނެރެ މަސްވެރިކަމަށް ލޯބި ޖެއްސުން ކަމަށެވެ. އަދި މަސްވެރި ކަމަކީވެސް އާމުދަނީ ހޯދަން ކުރާއެހެން މަސައްކަތް ތައް ފަދައިން އެއްފަންތިއެއްގެ މަސައްކަތެއް ކަމަށް ހެދުމެވެ.
އުމްރާ ދަތުރުގެ އިތުރުން އެ ޖަމިއްޔާއިން ވަނީ ގަމުގެ މަސްވެރިންނަށް މި އަހަރުގެ ރޯދަ އިނާޔަތް ވެސް ދީފައެވެ. އެގޮތުން އެ ރަށުހެ ކޮންމެ މަސްވެރިއަކަށް 3000 ރުފިޔާ ދީފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް