ދުވަހަކުވެސް ދަރިއަކު ބޭނުން ނުވާ ކަމަށް ޕަރުލް ބުނެފި!

އިންޑިއާގެ މަޝްހޫރު ޓީވީ ތަރި ޕަރުލް ޗައުހަން ދުވަހަކުވެސް ދަރިއަކު ބޭނުން ނުވާކަމަށް ބުނެފި އެވެ. އޭނާ މީގެ ކުރިންވެސް ކުއްޖަކު ބޭނުން ނުވާކަމަށް ބުނެފައިވެ އެވެ. އެކަމަކު ގިނަ މީހުން ގަބޫލުކޮށްގެން ...

30 Apr 2022 | 05:23

އިންޑިއާގެ މަޝްހޫރު ޓީވީ ތަރި ޕަރުލް ޗައުހަން ދުވަހަކުވެސް ދަރިއަކު ބޭނުން ނުވާކަމަށް ބުނެފި އެވެ.

އޭނާ މީގެ ކުރިންވެސް ކުއްޖަކު ބޭނުން ނުވާކަމަށް ބުނެފައިވެ އެވެ. އެކަމަކު ގިނަ މީހުން ގަބޫލުކޮށްގެން ތިބީ އެއީ އެދުވަސްވަރު އޭނާ ދަރިއަކު ބޭނުން ނުވާތީ ބުނި ބުނުމެއް ކަމަށެވެ.

މިދިޔަ ހަފްތާ ތެރޭގައި ނޫހަކަށް ދިން އިންޓަވިއުއެއްގެ ޕަރުކްގެ އެ ވާހަކައަކީ ކޮން މާނައެއްގައި ބުނި އެއްޗެއްތޯ އެހުމުން އޭނާ ވަނީ ދުވަހަކުވެސް ދަރިއަކު ބޭނުން ނުވާ ކަމަށް ބުނެފަ އެވެ. އޭނާ ބުނީ ދަރިއަކު ހޯދުމަށް ވުރެ މުސްތަގުބަލަށް ވިސްނައި ކުރަން ހުރި ކަންތައް ވަރަށް ގިނަ ކަމަށެވެ.

ރަކުލް ވަނީ އެ ޖަވާބައި ގުޅުވައި އޭނާގެ ދިރިއުޅުމުގައި މިފަހުން ދިމާވެފައި ކަންތައްތަކެއް ހިއްސާކޮށްފަ އެވެ. އޭނާ ބުނީ މީގެ ދެތިން އަހަރެއް ކުރިން ހޯމޯންސް ގިނަވެ ހަށިގަނޑަށް ދިމާވި މައްސަލަތަކަކާއި އެކު މަސައްކަތްތަކާއި ދުރަށް ދާން ޖެހުނު ކަމަށެވެ.

އާދަޔާ ހިލާފަށް ހިކި މުޅިގައިގަ ބިހިތަކެއް ނަގައި ހަންގަނޑު އެއްކޮށް މަރުވުމުގެ އުނދަގޫތަކަކާއި ކުރިމަތިވި ކަމަށާއި އެކަމާއި ގުޅިގެން ނުދައްކާ ޑޮކްޓަރެއް ނުހުންނާނެ ކަމަށް ޕަރުލް ބުންޏެވެ. އެ ދުވަސް ވަރު މީހުންގެ ކުރިމައްޗަށް ނުނުކުމެ މަސައްކަތް ކުރީ އެހެންވި ސަބަބު ދެނެގަނެ ފަރުވާއެއް ހޯދުމަށް ކަމަށް ބުނެފައިވެ އެވެ.

ބެލެވޭ ގޮތުގައި އޭނާ ދަރިއަކު ހޯދުމަށް ފަސް ޖެހެނީ މި ބަލީގެ ސަބަބުން ދިމާވެފައިވާ ނުރައްކާތެރި ކަމެއްގެ ސަބަބުން ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ރަކުލް ކައިވެނި ކޮށްގެން އުޅެނީ ޗިރާގް ޓައްކަރާއި އެވެ. 2018 އަހަރު ދެމީހުން ކައިވެނި ކުރީ ވަރަށް ކުޑަ ރަސްމިއްޔާތެއްގައި އެވެ. ދެ މީހުން ބައްދަލުވެފައިވަނީ ރަހުމަތްތެރިންގެ ފަރާތުންނެވެ.

ޕަރުލް ގިނަ ބައެއްގެ ތެރޭގައި މަގުބޫލުކަން ހޯދީ، "ސަޕްނާ ބާބުލް ކާ ބިދައީ" އަދި "ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ" އިންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް