އިން ދަތުރުވެރިންނަށް ދެމުންގެންދާ ހޭންޑް ލަގެޖްގެ މިންގަޑަށް އެއްވެސް ބަދަލެއްގެނެވިފައެއް ނުވާކަމުގައި ގައުމީ އެއާލައިން، މޯލްޑިވިއަން އިން ބުނެފިއެވެ.
މޯލްޑިވިއަން އިން މިހެން ބުނެފައިވަނީ ހޭންޑް ލަގެޖަށް ދަތުރުވެރިންތަކެއްގެ އަތުން ޗާޖެއް ކުރިކަމަށް ދިވެހި މީޑިއާގައި ރިޕޯޓްކޮށްފައިވާއިރު މިކަމާއި ގުޅިގެން ނެރެފައިވާ ނޫސްބަޔާނެއްގައެވެ.
މޯލްޑިވިއަންއިން ބުނެފައިވަނީ ކުރިންވެސް އަދި މިހާރުވެސް އޮންނަ އުސޫލަކީ މޯލްޑިވިއަންއިން ދަތުރުކުރާ ކޮންމެ ދަތުރުވެރިއަކަށް ހޭންޑް ލަގެޖްގެ ގޮތުގައި ކަނޑައެޅިފައިވާ ފަސް ކިލޯ (ޑޭޝް08)، އިތުރު ޗާޖަކާ ނުލައި ގެންދެވޭނެ އުސޫލު ކަަމަށާއި ހޭންޑް ލަގެޖްގެ ބަރުދަން އިތުރުވެއްޖެނަމަ އިތުރުވާބައި އެއްވެސް ހާލަތެއްގައި ހޭންޑް ލަގެޖްގެ ގޮތުގައި ނޭރުވޭނެ ކަމަށެވެ. އަދި މި ހާލަތުގައި ފަސް ކިލޯއަށްވުރެ އިތުރުވާބައި ދޫކޮށްލާ ލަގެޖްގެ ގޮތުގައި ފޮނުވުމަށް ފުރުސަތު ދެވޭނެ ކަމުގައިވެސް ބުނެފައިވެއެވެ.
ކުރިންވެސް އަދި މިހާރުވެސް ގަވާއިދުގައިވާގޮތުން ހޭންޑް ލަގެޖަށް ގެންދަވާ ފޮށި ނުވަތަ އަތްދަބަސް ދިގުމިނުގައި 20 އިންޗި، ފުޅާމިނުގައި 12 އިންޗި އަދި އުސްމިނުގައި ހަތް އިންޗިއަށްވުރެ ބޮޑުވެގެން ނުވާނެކަމުގައިވެސް ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް