މޭޑޭ ވެބްސައިޓް ހެކް ކޮށްފި

އިދިކޮޅު ސިޔާސީ ފަރާތްތަކުން މާދަމާ ބާއްވާ ބޮޑު މުޒާހަރާ "މޭޑޭ" ގެ ވެބްސައިޓް maydayprotest.com ހެކް ކޮށްފި އެވެ. މުޒާހަރާއާއި ގުޅޭ މައުލޫމާތު ވަގުތުން ވަގުތަށް ގެނެސްދިނުމުގެ މަގްސަދުގައި ތައްޔާރުކޮށ...

30 Apr 2015 | 06:13

އިދިކޮޅު ސިޔާސީ ފަރާތްތަކުން މާދަމާ ބާއްވާ ބޮޑު މުޒާހަރާ "މޭޑޭ" ގެ ވެބްސައިޓް maydayprotest.com ހެކް ކޮށްފި އެވެ.

މުޒާހަރާއާއި ގުޅޭ މައުލޫމާތު ވަގުތުން ވަގުތަށް ގެނެސްދިނުމުގެ މަގްސަދުގައި ތައްޔާރުކޮށްފައިވާ ވެބްސައިޓް ހެކްކޮށްފައިވަނީ ކޮން އިރަކު ކަމެއް ސާފެއް ނުވެ އެވެ. އެހެން ނަމަވެސް ހެކް ކުރި ފަރާތުން ހެކް ކުރުމަށްފަހު އެ ވެބްސައިޓަށް ވަނީ ޕީޕީއެމްގެ ލޯގޯއާއެކު ޕީޕީއެމްގެ ލޯގޯ އަރުވާފަ އެވެ.

ހެކް ކުރުމަށްފަހު ލިޔެފައިވާ މެސެޖްގައި ބުނެފައިވަނީ ވެބްސައިޓް މިވަގުތު އޮތީ ހެކަރުންގެ ކޮންޓްރޯލް ދަށުގައި ކަމަށާއި ސުލްހަވެރި ރާއްޖެއަކަށް އެދޭނަމަ ގެއަށް ދިއުމަށް އެދޭ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް