ރައްޔިތުންގެ ރައްކާތެރިކަމަށާ، ރައްޔިތުންގެ މުދަލުގެ ރައްކާތެރިކަން ކަށަވަރުކޮށް، ޤައުމުގައި ޞުލްޙަ މަސައްލަސްކަން ދަމަހައްޓައި، މުޖުތަމަޢުގެ ސަލާމަތަށް ފުލުހުން ހިންގާ ބައެއް އޮޕަރޭޝަންތަކަށް ބޭނުންވާ ޚާއްޞަ ތަމްރީނުތަކެއް މާލޭގައި ބާއްވައިފިއެވެ.
ފުލުހުން ބުނީ އިއްޔެ މެންދުރުން ފެށިގެން އިރު އޮއްސުމާ ދެމެދުގެ ވަގުތުތަކުގައި މާލޭގެ އެކި ސަރަޙައްދުތަކުގައި ކުރިޔަށް ގެންދިޔަ މި ފަރިތަކުރުންތަކުގައި އެކި ޙާލަތްތަކުގައި ފުލުހުން ހަރަކާތްތެރިވާނެ ގޮތުގެ ތަމްރީނުތައް ކުރިޔަށް ގެންދިޔަ ކަމަށެވެ.
މިގޮތުން އެކިއެކި ސަރަޙައްދުތަކަށް މީހުން ޖަމާވާއިރު އެފަދަ ސަރަޙައްދެއްގައި ހިނގާފާނެ ހަމަނުޖެހުމެއްގެ ސަބަބުން ރައްޔިތުންނަށް ދޭންޖެހޭ ރައްކާތެރިކަން ދިނުމާ، ނުރައްކާތެރި އެކިއެކި ޙާލަތްތަކުގައި ރައްޔިތުންގެ ފުރާނައަށް އަދި ނަފްސަށް ލިބިދާނެ ނުރައްކާތަކުން ރައްޔިތުން ސަލާމަތް ކުރުމުގައި ޙަރަކާތްތެރިވާނެ ގޮތުގެ ތަމްރީނުތައްފަދަ ތަފާތު ތަމްރީނުތައް ކުރިޔަށް ގެންގޮސްފައި ވާކަމަށްވެސް ފުލުހުން ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް