ބީއެމްއެލް އިސްލާމިކް އަށް 10 އަހަރު ފުރޭ މުނާސަބަތު ފާހަގަކުރަން 10 ރަށެއްގައި ޢީދު ސައި!

ބީއެމްއެލް އިސްލާމިކް އަށް 10 އަހަރު ފުރޭ މުނާސަބަތާއި ގުޅިގެން ހިންގާ ހަރަކާތްތަކުގެ ތެރެއިން 10 ރަށެއްގައި މިއަދު ޢީދު ސައި ބާއްވައިފިއެވެ. ރަށު ކައުންސިލުތަކާއި ޖަމިއްޔާތަކާ ގުޅިގެން މި އަހަރުގެ ފި...

30 Mar 2025 | 12:54

ބީއެމްއެލް އިސްލާމިކް އަށް 10 އަހަރު ފުރޭ މުނާސަބަތާއި ގުޅިގެން ހިންގާ ހަރަކާތްތަކުގެ ތެރެއިން 10 ރަށެއްގައި މިއަދު ޢީދު ސައި ބާއްވައިފިއެވެ.

ރަށު ކައުންސިލުތަކާއި ޖަމިއްޔާތަކާ ގުޅިގެން މި އަހަރުގެ ފިޠުރު އީދު ދުވަހު ސައި ބާއްވާފައި ވަނީ ރ. މީދޫ، މ. މުލި، ގއ. ގެމަނަފުށި، ހއ. ދިއްދޫ، އދ. މަހިބަދޫ، ލ. ފޮނަދޫ، ވ. ކެޔޮދޫ، އައްޑޫ ސިޓީ ހުޅުމީދޫ، ނ. ފޮއްދޫ އަދި ދ. ބަނޑިދޫގައި ކަމަށް ބީއެމްއެލުން ހާމަކުރެއެވެ.

ބީއެމްއެލް އިސްލާމިކް އިން 10 ރަށެއްގައި މި އަހަރު ޢީދު ސައި ބާއްވާފައިވާއިރު، މިދިޔަ އަހަރުވެސް ބީއެމްއެލް އިން 6 ރަށެއްގައި އީދު ސައި ބާއްވާފައި ވެއެވެ.

އެގޮތުން މި އަހަރު ޢީދު ސައި ބާއްވާފައި ވަނީ ބީއެމްއެލް އިސްލާމިކްގެ ޚިދުމަތަށް 10 އަހަރު ފުރޭ މުނާސަބަތު ފާހަގަކުރުމާއެެކު، ފިޠުރު ޢީދު ފާހަގަކޮށް މުޖުތަމަޢުގެ ގުޅުން ބަދަހިކުރުމަށް ކަމަށް ބީއެމްއެލް އިން ބުނެފައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް