ސެންޓްރަލް ޕާކުގައި މިރޭ ޑްރޯން ޝޯއަކާއެކު ހަވާއަރުވާނެ

ހުޅުމާލެ ސެންޓްރަލް ޕާކުގައި މިރޭ ޑްރޯން ޝޯއަކާ އެކު ހަވާއެރުވުމުގެ ހަރަކާތެއް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ. އެޗްޑީސީން ބުނީ ހުޅު...

30 Mar 2025 | 09:19

ހުޅުމާލެ ސެންޓްރަލް ޕާކުގައި މިރޭ ޑްރޯން ޝޯއަކާ އެކު ހަވާއެރުވުމުގެ ހަރަކާތެއް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.

އެޗްޑީސީން ބުނީ ހުޅުމާލެ ސެންޓްރަލް ޕާކުގައި ބާއްވަން ނިންމާފައިވާ ޑްރޯން ޝޯ ފަށާނީ 8:30 ގައި ކަމަށެވެ. އަދި ގާތްގަނޑަކަށް ބައިގަޑިިއިރަށް ދެމިގެންދާ އެ ޝޯއަށް ފަހު 9:00 ގައި ހަވާއެރުވުން އޮންނާނެ ކަމަށް އެޗްޑީސީން ހާމަކުރެއެވެ.

މީގެ އިތުރުން އެޗްޑީސީން ބުނީ އެ ކޯޕަރޭޝަނުން މިއަދު ހަވީރު އީދު ފެސްޓިވަލެއްވެސް ކުރިއަށް ގެންދާނެ ކަމަށެވެ.

އީދު ފެސްޓިވަލް ބޭއްވުމަށް ނިންމާފައި ވަނީ ހުޅުމާލެ ސެންޓްރަލް ޕާކުގަ އެވެ. އެ ފެސްޓިވަލް ކުރިއަށް ދާނީ މިއަދު ހަވީރު 4:00 އިން ފެށިގެން 5:45 އަށެވެ.

އެޗްޑީސީން ބުނީ މި ފެސްޓިވަލަކީ އެޗްޑީސީ އާއި މަންފާ ޖަމިއްޔާ ގުޅިގެން ބިޒްނަސް ކޯޕަރޭޝަން ސެންޓަރު (ބީސީސީ) އާއި ހިދުމަތް ޖަމިއްޔާ އާއި މޯލްޑިވްސް ގާލްގައިޑް އެސޯސިއޭޝަނާއި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) ގެ އިތުރުން ޑްރިފްޓް އެސޯސިއޭޝަނުގެ އެހީތެރިކަމާ އެކުގައި އިންތިޒާމްކުރާ ފެސްޓިވަލެއް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް