މަޖިލިސް އިންތިޚާބާއި ގުޅިގެން ދަރިވަރުންގެ އިމްތިހާނުތައް އަވަސްކުރިކުރުން ބަދަލުކުރަނީ

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާއި ގުޅިގެން އަވަސްކުރި، ދަރިވަރުންގެ އިމްތިހާނުތައް ކުރިއެކޭ އެއްގޮތަށް ކުރިއަށްގެންދިއުމަށް އެޑިއުކޭޝަން މިނިސްޓަރާއި ވާހަކަ ދެކެވިފައިވާކަމުގައި ރައީސުލްޖުމްހޫރިއްޔ...

30 Mar 2024 | 10:45

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާއި ގުޅިގެން އަވަސްކުރި، ދަރިވަރުންގެ އިމްތިހާނުތައް ކުރިއެކޭ އެއްގޮތަށް ކުރިއަށްގެންދިއުމަށް އެޑިއުކޭޝަން މިނިސްޓަރާއި ވާހަކަ ދެކެވިފައިވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މުއިއްޒު މިހެން ވިދާޅުވީ ރޭގައި ސަންގު ޓީވީއަށް ދެއްވި އިންޓަވިއުއެއްގައެވެ.

އެ އިންޓަވިއުގައި ރައީސް ވިދާޅުވީ މަޖިލިސް އިންތިހާބުގެ ތާރީހަށް އައި ބަދަލާއެކު ދަރިވަރުންގެ އިމްތިހާނުތައް އަވަސްކުރުމަށް ނިންމި ނިންމުމާއި ގުޅޭގޮތުން ބެލެނިވެރިންގެ ކަންބޮޑުވުން ލިބެމުން އަންނަ ކަމަށާއި ބެލެނިވެރިންނާއި ދަރިވަރުންނަށް ދަތި ނުވާނެހެން އެ އިމްތިހާނުތައް އަވަސްނުކުރުމަށް މިނިސްޓަރާއި ވާހަކަ ދެކެވިފައިވާކަމަށެވެ.

ކުރިން އިމްތިހާނުތައް ބާއްވަން އޮތީ އަންނަ އޭޕްރީލް މަހުގެ 16 އިން 27 އަށެވެ. ނަމަވެސް މަޖިލިސް އިންތިހާބު ފަސްކުރުމުން އިމްތިހާނުތައް އަވަސްކުރުމަށް އެޑިއުކޭޝަން މިނިސްޓްރީއިން ސްކޫލްތަކަށް އެންގިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް