އިގްތިޞާދުގައި ބުންވަރުޖެހޭ މިންވަރަކުން ހުރިހާ ސެކްޓާއެއްގެ މުސާރަވެސް ބޮޑުކުރާނަން: ރައީސް މުއިއްޒު

ޤައުމުގެ އިގްތިޞާދުގައި ބުންވަރުޖެހެމުން އަންނަ މިންވަރަކުން ހުރިހާ ސެކްޓާއެއްވެސް މުސާރަ މި ސަރުކާރުން ބޮޑުކުރާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މުއިއް...

30 Mar 2024 | 09:18

ޤައުމުގެ އިގްތިޞާދުގައި ބުންވަރުޖެހެމުން އަންނަ މިންވަރަކުން ހުރިހާ ސެކްޓާއެއްވެސް މުސާރަ މި ސަރުކާރުން ބޮޑުކުރާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މުއިއްޒު މިހެން ވިދާޅުވީ ރައީސް އޮފީހުން ކުރިއަށްގެންދާ "ރައީސްގެ ޖަވާބު" ސެގްމެންޓްގައި ޏ. ފުވައްމުލައް، ނިއުވެލި، އަލީ ޝަފީޢު ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

އަލީ ޝަފީޢުގެ ސުވާލުގައި އަހާފައިވަނީ ފުލުހުންގެ މުސާރަ ބޮޑުކޮށްފައި އެހެނިހެން މުއައްސަސާތަކުގެ މުސާރަ ބޮޑުކުރާނީ ކޮންއިރަކުތޯ؟ އެވެ.

ޖަވާބުގައި ރައީސް ވިދާޅުވީ ޤައުމުގެ އިގްތިޞާދު ހަރުދަނާވާ މިންވަރަކުން އާމްދަނީ ލިބޭ މިންވަރަކުން އިގްތިޞާދުގައި ބުންވަރު ޖެހޭ މިންވަރަކުން މި ދައުރުގެތެރޭގައި ހުރިހާ ސެކްޓާއެއްގެ މުސާރަ ބޮޑުކޮށްދިނުމަކީ އެމަނިކުފާނުގެ ވައުދުފުޅެއް ކަމަށެވެ.

"މިހާރު އެވަނީ ބައެއް ދާއިރާތަކުގެ މުސާރަ ބޮޑުކުރެވިފަ، ޕޭ ހާމަނައިޒް ކުރެވިފަ، ފުލުހުންނާ ސިފައިންގެވެސް އަދި އެހެން ދާއިރާތަކުގަވެސް" ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ކުރިއަށް އޮތްތަނުގައި އެގޮތަށް ކުރިއަށްގެންދަވާނެކަމަށާއި އިގްތިޞާދު ހަރުދަނާވާ މިންވަރަކުން އެކަންކަން ކުރުމަކީ ވައުދެއްކަމުގައިވާއިރު އެ ވައުދު ފުއްދަވާނެކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް