ހަޔަރ އެޑިއުކޭޝަން މިނިސްޓްރީގެ ނައިބު، އާމިނަތު މުހައްމަދު ސަލީމް (ސޯނީ) ޖުމްހޫރީ ޕާޓީން ވަކިވެއްޖެއެވެ.
އެގޮތުން ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަލީ އާރިފަށް ސޯނީ ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ ރައީސް ސޯލިހްގެ ސަރުކާރަކީ މިހާތަނަށް ފެނުނު އެންމެ އަމާން އޮމާން ވެރިކަމަށްވެފައި ރާއްޖޭގެ ތާރީހުގައިވެސް ތައުލީމީ ގާބިލު ޖީލެއް ބިނާކުރުމަށް އެންމެ ގިނަ މަސައްކަތްތަކެއް ކުރި އަދި ކުރަމުންދާ ވެރިކަން ކަމަށް ގަބޫލުކުރާހިނދު، ހަޔަރ އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރެއްގެ ހައިސިއްޔަތުން ރައީސް ސޯލިހްގެ ތައުލީމީ ސިޔާސަތު ތަންފީޒުކުރުމަކީ ލިބުނު ބޮޑު ފަހުރަކާއި ޝަރަފެއް ކަމަށެވެ.
"އިތުރު ފަސް އަހަރަށް ރައީސް ސޯލިހް ގެނައުމަށް ތާއީދު ކުރާތީވެ އެކަމަށް މަސައްކަތް ކުރަން ބޭނުންވާތީ، ޖުމްހޫރީ ޕާޓީގެ މެންބަރުން ކަމުން މިއަދުން ފެށިގެން ނިންމި ވާހަދަ ދަންނަވަމެވެ" ސޯނީގެ ސިޓީގައި ބުނެފައިވެއެވެ.
ސޯނީ ޖޭޕީ ދޫކޮށްލާފައިވާއިރު އެމްޑަބްލިއުއެސްސީގެ އެމްޑީ ޝާހުވެސް މިރޭ ވަނީ ޖޭޕީ ދޫކޮށްލިކަން އިއުލާނު ކުރައްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް