އަރަބިއްޔާ ސްކޫލްގެ ޓީޗަރުންގެ ތެރެއިން މޫނު ބުރުގާ އަޅައިގެން ކިޔަވައިދޭ ޓީޗަރުންގެ މައުލޫމާތު އެޑިއުކޭޝަން މިނިސްޓްރީއަށް އަންގަން އެދިއްޖެ އެވެ.
މިކަން ހާމަ ކުރީ އަރަބިއްޔާ ބެލެނިވެރިންގެ ޖަމިއްޔާއިންނެވެ.
އެ ޖަމިއްޔާއިން ބުނީ ޓީޗަރުންނަށް މޫނު ބުރުގާ އެޅުން މިނިސްޓްރީން މަނާކޮށްފައިވާ ކަމަށެވެ. އަދި ކްލާސް ރޫމްތަކަށް ކިޔަވައިދޭން ވަންނަ އިރު މޫނު ބުރުގާ އެޅުން މަނާކޮށްފައިވާ ކަމަށެވެ.
ބެލެނިވެރިން ބުނީ މިނިސްޓްރީން ވަނީ މޫނު ބުރުގާ އަޅާ ޓީޗަރުންގެ ތެރެއިން ކިޔަވައިދޭން ކްލާސް ރޫމަށް ވަންނަ އިރު މޫނު ބުރުގާ ނުނަގާ ޓީޗަރުންގެ ނަން ނޯޓުކޮށްފައި ރިޕޯޓު ކުރުމަށް އަންގާފައި ކަމަށެވެ.
އެ ބެލެނިވެރިން ބުނީ އަރަބިއްޔާގައި މިވަގުތު މޫނު ބުރުގާ އަޅާ ފަސް ޓީޗަރުން އެބަތިބި ކަމަށެވެ.
މި މައްސަލައިގަ އެޑިއުކޭޝަން މިނިސްޓްރީން އަދި އެއްޗެއް ނުބުނެ އެވެ.
މި މަހު ތެރޭގައި އަރަބިއްޔާ ބެލެނިވެރިން ވަނީ އެ ސްކޫލްގެ ދަރިވަރުންނަށްވެސް މޫނު ބުރުގާ އެޅުން މަނާކޮށްފައި އޮންނަ އޮތުން ތަންފީޒު ކުރަން އަންގާފައިވާ ކަމަށް ބުނެފައި އެވެ. އެ މައްސަލައިގަ ބެލެނިވެރިންް ވަނީ އެޑިއުކޭޝަން މިނިސްޓްރީ ގޮވައިގެން ކޯޓަށް ދާން ނިންމާފައި އެވެ.
މޫނު ބުރުގާ އެޅި ޓީޗަރުންނަށް ވަޒީފާ ދިނުމަކީ މި ސަރުކާރުން ވެފައިވާ ވައުދެކެވެ. އެކަމަކު މިހާތަނަށް ހިނގާފައިވާ ހާދިސާތަކަށް ބަލާއިރު މިހާރު މޫނު ބުރުގާ އެޅި މީހުންނަށް ވަޒީފާ ދިނަސް ކްލާސް ރޫމަށް ކިިޔަވައިދޭން ވަންނަ އިރު މޫނު ބުރުގާ ނަގަން ޖެހެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް