އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހް ޖުމްހޫރީ ޕާޓީން ވަކިވެވަޑައިގެންފިއެވެ.
ޖޭޕީން ވަކިވެ، ޝާހް ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމަށް ފޮނުއްވެވި ސިޓީގައި ވިދާޅުވެފައިވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ދައުރުގައި ދައްކަވައިދެއްވާފައިވަނީ ގައުމުގެ ހަމަޖެހުމާއި، އަސާސީ ހިދުމަތް ފޯރުކޮށްދިނުމާއި ތަރައްގީ ކަމަށެވެ.
"2023 ގެ ރިޔާސީ އިންތިހާބުގައި އެމަނިކުފާނަށް އަޅުގަނޑު ތާއީދުކުރާތީ ތިޔަ ޕާޓީގެ ކައުނސިލް މެންބަރު ކަމުން އިސްތިއުފާ ދީފިމެވެ. އަދި ޕޭޖީގެ ދަފްތަރުން ނަން އުނިކޮށްދެއްވުމަށް އެދި ދެންނެވީމެވެ" ޝާހުގެ ސިޓީގައި ވިދާޅުވެފައިއެވެ.
ޝާހު ޖޭޕީން ވަކިވެވަޑައިގެންފައިވާއިރު ޖޭޕީގެ ލީޑަރުގެ އެޑްވައިޒަރު ކަމުން އާދަމް އާޒިމްވެސް މިރޭ ވަނީ އިސްތިއުފާ ދެއްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް